ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިރާޖު، ފައިރޫޝްއަށް: ކުށް ކޮށްފައި ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުން ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު ފާޑުވިދާޅުވެއްޖެއެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކުރާ ފޮޓޯއާ އެކު ޕޮލިސް ކޮމިޝަނަރު ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝް ފުލުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު ކުރެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވައި އޭނާއަށް ތައުރީފް ކުރައްވައިފަ އެވެ. އަދި ފައިރޫޝްއަށް ކޮމިޝަނަރު އިއްޔެ ވަނީ ފެއާވެލް ޕާޓީއެއް ވެސް ހެޑް ކުއާޓަރުގައި ބާއްވައިފަ އެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށް ކޮށްފައި އިސްތިއުފާ ދީ ނުވަތަ ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ ކަމަށެވެ.

“ރައްޔިތުން އެދޭފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްމިވަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން.” ސިރާޖު ވިދާޅުވިއެވެ.

ފައިރޫޝްއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގާދިޔަ ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ.

އެހެންކަމުން ފައިރޫޝްގެ ހިދުމަތަށް ޝުކުރު އަދާކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ ބޭފުޅުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ސީޕީ ހަމީދު ޓެގް ކުރައްވައި “ޝޭމް އޮން ޔޫ” ނުވަތަ “ލަދު ގަންނަން ޖެހޭ” މިފަދައިން ވިދާޅުވެ ސީޕީ ހަމީދުގެ ބަސްފުޅަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

 

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 6%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: