ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު އޭޖީ އޮފީހުން ދައުލަތަށް 841 ގާނޫނީ ލަފާ ދިން

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު --- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު އެޓާނީ ޖެނެރަލް އޮފީހުން ދައުލަތުގެ މުއައްސަސާތަކަށް 841 ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ އެކި މުއައްސަސާތަކުން 842 ކަމަކަށް ގާނޫނީ ލަފާ ދިނުމަށް އެ އޮފީހުގައި އެދިފައިވެއެވެ.

މި ގޮތުން އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން 267 ގާނޫނީ ލަފާ ދީފައިވެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލް ތަސްދީގު ކުރުމާ ގުޅޭ ގޮތުން 34 ގާނޫނީ ލަފައެއް ދީފައިވެއެވެ.

ގަވާއިދުތަކާ ގުޅޭ ގޮތުން 102 ގާނޫނީ ލަފާ ދީފައިވެއެވެ. އުސޫލުތަކާ ގުޅޭ ގޮތުން 40 ގާނޫނީ ލަފައެއް ދީފައިވާއިރު މުއާހަދާތަކާ ގުޅޭ ގޮތުން ހަތް ގާނޫނީ ލަފާ ދީފައިވެއެވެ. އެހެނިހެން ކަންކަމުގައި 391 ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: