ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށެއް ސާބިތުވެއްޖެނަމަ، ވަކީލުކަމުން ސަސްޕެންޑު ކުރެވޭނެ ގޮތުގެ އުސޫލެއް!

ގާނޫނީ ވަކީލުކަމުގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލެއްގެ މައްޗަށް، ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ވަކީލުކަމުގެ ހުއްދަ ވަގުތީގޮތުން ބާތިލުވެ، ސަސްޕެންޑުކުރާ ގޮތަށް އުސޫލެއް އެކުލަވާލާ ބާކައުންސިލުން އާއްމުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގެ ކަންކަން ކުރިޔަށް ގެންދަނީ ބާކައުންސިލުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުމާގުޅޭ ގޮތުން އަމަލުކުރަމުން އައި އެންމެހައި ގަވާއިދުތަކާއި އިޖުރާއަތުތައް، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވީކަމަށް އެ ގާނޫނުގެ 74 ވަނަ މާއްދާގައި ވަނީ ބަޔާކޮށްފައެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެ ހާލަތުތައް ބަޔާންކޮށް، ބާކައުންސިލުން ގެނައި އިސްލާހުގައި ވަނީ ވައްކަމާއި، މަކަރާއި ހީލަތް އަދި ފޯޖަރީގެ މައްސަލައެއް ވަކީލެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެ މީހެއް ވަގުތީ ގޮތުން ސަސްޕެންޑު ކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އަމަލު ކުރަން އައި އުސޫލުގައި ވަކީލުކަމުގެ ހުއްދަ ދޫކުރާއިރު ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނައީ ބޮޑު ކުށެއް އެ މީހެއްގެ މައްޗަށް ސާބިތުވެފައި ނެތުން ހިމެނެއެވެ. އަދި ސާބިތު ދަރަންޏެއް އޮތް ނަމަ، އެ ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ދިއުމަކީ ވަކީލުކަމުގެ ހުއްދަ ދޫކުރާ ޝަރުތުތަކުން އެއް ޝަރުތެވެ. އެހެން ނަމަވެސް އެ އުސޫލުގައި ވަކީލެއްގެ ގޮތުގައި ހުއްޓައި އެފަދަ ހުކުމެއް އައިސްިފިނަމަ ދެން އަމަލު ކުރާނެ ގޮތެއް ނެތެވެ.

ކައުންސިލުން ބުނެފައިވަނީ، އެފަދަ ހުކުމެއް އޮތްނަމަ، ވަކީލުކަމުގެ ހުއްދަ ދޫކުރާނީ އެއާއި އެއްގޮތަށް ފައިސާ ދައްކަމުންދާކަން ސާބިތުކޮށްދިނުމުން ކަމަށެވެ.

ބާ ކައުންސިލުން ބުނެފައިވަނީ، ވަކީލެއްގެ މައްޗަށް ގާނޫނުލްއުޤޫބާތުގެ 210 ވަނަ ބާބުގެ ދަށުން ކުށެއް ނުވަތަ ފޯޖަރީ އާއި މަކަރުވެރި އަމަލު ހިންގުމުގެ ކުށް ބަޔާންކުރާ 310 ވަނަަ ބާބުގެ ދަށުން ކުށެއް ސާބިތު ވިޔަސް، ވަކީލު ކަމުގެ ހުއްދަ ހިފަހައްޓާނެ ކަމަށެވެ.

އަދި އަލުން ހުއްދަ ދޫކުރާނީ، އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ ހުކުމް ތަންފީޒުކޮށް ނިމުމުން، ނުވަތަ އެ މީހެއްގެ ހުކުމެއް ޝަރުއީ ކޯޓަކުން ބާތިލު ކުރުމުން ކަމަށް ބާ ކައުންސިލުން ބުނެފައި ވެއެވެ. ނަމަވެސް އެއީ ހަމަކަނި މަދަނީ ކުށްތަކުގައެވެ. ޖިނާއި މައްސަލައެއް ސާބިތުވެއްޖެނަމަ، ހުއްދަ ދޫކުރަނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ފަސް އަހަރު ފަހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: