ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކާ އެންޒީ އާއި ގުޅުމެއް ނެތް: ކަސްޓަމްސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތަކަކީ މަސް އެކްސްޕޯޓުކުރާ އެންޒީ ކުންފުނީގެ ތަކެތި ނޫން ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިހެން ބުނީ މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރި ފޮށިތަކުގައި އެންޒީ ލޯގޯ ހުރުމުން މީހުން ސޯސަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދަން ފެށުމުންނެވެ.

ނަމަވެސް ކަސްޓަމްސް އިން ބުނީ މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، އެ ޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސް އަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށެވެ.

ކަސްޓަމްސް އިން ބުނީ 21 ފޮށީގައި ބަންދުކޮށްފައި ހުރި މިޔަރު އުރަހަ އަތުލައިގެންފައިވަނީ ވެލާނާ އެއާޕޯޓުން ކަމަށާއި މި ތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ގުޅިގެން ކަމަށެވެ. އެގޮތުން މި ތަކެތީގެ ބަރުދަނުގައި 429 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެތި ބަންދުކޮށްފައި ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ. މިކަމާ ގުޅޭގޮތުން އިތުރަށް ތަހުގީގު ކުރިއަށް ގެންދާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މިޔަރު އަދި ވެލާފަދަ ތަކެއްޗަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައިވި ނަމަވެސް އެތަކެތި ހިފައި ކައިހެދުމަކީ ވަރަށް އާންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: