ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވަންޓުންގެ މުސާރައިގެ މިންވަރު ފާސްކުރަން ޕޭ ކޮމިޝަނަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންގެ ފެންވަރުބަލައި ކުރިއެރުން ލިބޭގޮތަށް ސިވިލް ސާވިސްގައި ހިމެނޭ ޢިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި، އެ މުވައްޒަފުންގެ މުސާރަ ދޭނެ މިންވަރު ފާސްކުރުމަށް ޕޭ ކޮމިޝަނަށް ފޮނުވައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ސިވިލް އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި އެ މުވައްޒަފުންގެ މުސާރައިގެ މިންވަރު ނުވަތަ ޕޭ ސްކޭލްއާ މެދު ގޮތެއް ނިންމުމަށް ޕޭ ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި ނިންމެވުމާއެކު އަވަސް މުސްތަގުބަލެއްގައި އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްދާނެ ކަމަށް ނާސިހް ވިދާޅުވި އެވެ.

މީގެ އިތުރުން ނާސިހް ވިދާޅުވީ 2020 ވަނަ އަހަރު މި ދިމާވި ހާލަތާއި ގުޅިގެން އެ ހާލަތުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި މުސާރައަށް އަވަސް ބަދެލެއް ގެނައުމަށް ސަރުކާރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ޕޭ ކޮމިޝަނުން ވެސް މަސައްކަތްކޮށް، ސީއެސްސީގެ މުވައްޒަފުންނަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ނާސިހް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: