ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު ހައެއްގައި ކައުންސިލް އިންތިޚާބެއް ނުބޭއްވޭނެ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހެލްތު މިނިސްޓްރީން އިތުރު ކުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމާފައިވާ ތާޜީޚު ކަމުގައި ގައިވާ މާރިޗް މަހުގެ ހަވަނަ ދުވަހު އެ އިންތިޚާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ސަންގު އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ކުރިން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މާޗު މަހުގެ ހަވަނަ ދުވަހު ދެން ނުބޭއްވޭނެ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމީ މިއަދު އެވެ.

މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ރާއްޖޭގައި ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އިންތިހާބާއި ގުޅޭގޮތުން ބުނެފައިވަނީ، މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާހާ ހިނދަކު އިންތިހާބު ބޭއްވޭނެކަމުގެ ޔަގީންކަމެއް ނެތްކަން މީގެ ކުރިން ވެސް އީސީއިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ، އިންތިހާބު ފަސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނެއްގެ ދަށުންނެވެ. މަޖިލީހުން ފާސްކުރި ގާނޫނުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ.

މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން، އެންމެ ލަސްވެގެން ވެސް އިންތިހާބު ބާއްވަންޖެހޭ ތާރީހަކީ މޭއި މަހުގެ ތެރޭގައެވެ. ކައުންސިލް އިންތިހާބު ނުބޭއްވި ދުވަސްތަކެއް ވަމުންދާއިރު، ޕާޓީތަކުގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ ގިނަ މީހުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އަދި އެ މައްސަލައިގައި ކަންބޮޑުވުންތަކެއް އޮތް އިރު އަމިއްލަ ފަރާތަކުން ވަނީ، އިންތިހާބުގައި ވާދަކުރަން އަލުން ހުޅުވާލަން ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: