ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ގަސްދުގައި ކުރާ ކަމެއް ކަމަށާއި އިންތިހާބު ބާއްވައިފިނަމަ ސަރުކާރު ފެއިލް ވެފައިވާ މިންވަރު ރަނގަޅަށް އެނގި، ހާމަވެދާނެތީ ކުރާ ކަމެއް ކަމަށެވެ.

ސަންގު އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ކުރިން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މާޗު މަހުގެ ހަވަނަ ދުވަހު ދެން ނުބޭއްވޭނެ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމީ މިއަދު އެވެ.

“ކައުންސިލް އިންތިހާބު ފަސްކުރިޔަސް، ރައްޔިތުންގެ ފިކުރު ބަދަލެއް ނުވާނެ. ރައްޔިތުން ތިބީ މާޔޫސްވެފައި” އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: