ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

“ވަގުތު އޮންލައިން” ގެ ނޫސްވެރިންތަކަކަށް މަރުގެ އިންޒާރު ލިބެމުންދާ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފުލުހުންނަށް ގޮވާލައިފިއެވެ.

ވަގުތުގެ ނޫސްވެރިން ވަނީ އައްޑޫ ސިޓީގައި ހައްދު ފަހަނައަޅާފައިވާ ފިކުރު ފެތުރެމުންދާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނޫސްވެރިންގެ ފޮޓޯ އާންމުކޮށް ގިނަ އިންޒާރުތަކެއް ދަނީ ދެމުންނެވެ. އެގޮތުން މަރުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ “ވަގުތު އޮންލައިން” ގައި މިދިޔަމަހުގެ 31 ވަނަ ދުވަހުގައި ” ވަގުތު 26″ ތަހުގީގު: އައްޑޫ ހަރުކަށި ފުކުރުގެ ވިއުގަ ފިތްކަނޑައިގެންދާހާ ވަރުގަދަ!” މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ރިޕޯޓާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަން އެ ނޫހުން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެމްއެމްސީގެ ބަޔާނުގައިވެއެވެ.

މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ހިނދު، ގާނޫނު އަސާސީން ލިބިދީފައިވާ އިމުގެތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: