ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ނައްތާލާ މިންވަރު އިތުރުވީ ސަރުކާރުގެ މޮޅުކަމަކުން ނޫން، ގެންނަ މިންވަރު އިތުރުވީ: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މޮސްޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ނައްތާލާ މިންވަރު އިތުރުވީ ސަރުކާރުގެ މޮޅުކަމަކުން ނޫން ކަމަށާއި، ނައްތާލާ މިންވަރު އިތުރުވީ މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވުމުންކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މެމްބަރު ނަޝީދު ވިދާޅުވީ މީގެ ކުރިން މަސްތުވާތަކެތި އަތުލައިގަންނައިރު އެންމެ ބޮޑު ވަރަކަށްވެސް އަތުލައިގަނެވޭނީ އާންމުކޮށް 13 ކިލޯ ވަރަކަށް ކަމަށެވެ. އެހެންނަމަވެސް، މިހާރު 50 ކިލޯއިން 60 ކިލޯއިން އަތުލައިގަންނަމުންދާ ކަމަށާއި އަދި އެއީ ސަރުކާރުގެ މޮޅުކަމަކުން ވާކަމެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ވަނީ މަސްތުވާތަކެތި އެތެރެކުރުމަށް މިހާރު ފަސޭހަވުމުންކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ ވާހަކަ ދައްކާ މިންވަރަށް މަޑުކަށި ނުވަތަ ދީނަށް ފުރައްސާރަކުރާ މީހުންގެ ވާހަކަތައްވެސް ދައްކައި، އެމައްސަލަތައްވެސް ބަލަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، މިއަދު މައްސަލައަކަށް ވެފައި އޮންނަނީ ހަރުކަށި ފިކުރުގެ މީހުންގެ މަައްސަލަތައް އެކަނި ކަމަށެވެ. ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ މީހުންގެ މައްސަލައާއި، މަސްތުވާތަކެތި ބޭނުންކުރާ މީހާގެ މައްސަލަތައް ބެލުމުގައިވެސް އެއްވެސްކަހަލަ ހަރުދަނާ އުސޫލެއް ނެތްކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަަލަތަކުގައިވެސް ރާއްޖޭގައި ހުކުމް ގާއިމްކޮށްފައި އޮންނަނީ ހަމައެކަނި ހިކި މަސްތުވާތަކެއްޗަށްކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ. އަދި ދިޔާ މަސްތުވާތަކެތި ގެންގުޅުމަކީ ނުވަތަ ބޭނުންކުރުމަކީ މާބޮޑު މައްސަލައެއް ގޮތުގައި ނުބެލެވޭ ކަމަަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

ރާފުޅިތަކާއެކު ހައްޔަރުކުރާ މީހާ 24 ގަޑިއިރު ކޮށްފައި އެބަދޫކޮށްލާ. އެކަމަކު މަސްތުވާތަކެތި އެންމެ ޕެކެޓަކާއެކު ހައްޔަރުކުރާ މީހާވެސް އެބަ އޮންނަން ޖެހޭ އެތައް ދުވަސްތަކެއް ވަންދެން ޖަލުގައި

ކުރިއާ އަޅާ ބަލާއިރު މިހާރު މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ގިނަވެއްޖެ ނޫންތޯ ސުވާލުކުރެއްވުމުން މެމްބަރު ނަޝީދު ވިދާޅުވީ، އެއީ ގިނައިން އެތެރެކުރެވޭތީ ވާކަމެއް ކަމަށެވެ. ގިނައިން އެތެރެކުރެވޭތީ، ގިނައިން މަސްތުވާތަކެތީގެ މައްސަލަތައް ފަޅާ އަރައި ނުވަތަ ނައްތާލައި މިންވަރު އިތުރުވަނީކަމަށް ވިދާޅުވިއެވެ.

މިއަދު މިފެންނަނީ 100 ކިލޯއިން 200 ކިލޯއިން މަސްތުވާތަކެތި. އަސްލު ސަރުކާރު މޮޅުކަމަކުން މިކަން މިހެންވަނީ އެއްނޫން. ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުވީ. އިތުރުވެގެން ގޮސް ނައްތާލާ މިންވަރުވެސް އިތުރުވީ

މެމްބަރު ނަޝީދު ވިދާޅުވީ ހަގީގަތަކީ ގޭންގުތައް އޮޕަރޭޓްކުރަމުން އަންނަނީ ސަރުކާރުގެ ވެރިން އަޑީގައި ތިއްބަވައިގެން ކަމަށެވެ. މީގެ ދެތިން އަހަރު ކުރިއާ އަޅާ ބަލާއިރު، މިހާރު މާލެ ތެރޭގައި ހަމަނުޖެހުން ހިންގަމުންދާ މިންވަރު ދަށްވެ، މާލެ ތެރެ އަމާންކޮށް ފެންނަމުންދަނީ، ފަހަރުގައި މިސަރުކާރުން ގޭންގުތައް ލައްވައި އެކަންކަން ކުރުވަން ބޭނުން ނުވުމުގެ ސަބަބުންކަމަށްވެސް ވެދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރުވެސް ހަމަނުޖެހުން ހިނގާ ކަމަށާއި އެހެންނަމަވެސް، މިހާރު ކުރިން ކަންކަންވާ ގޮތަށް ހަމަނުޖެހުންތައް ދިގުލައިގެން ނުދަނީ ކަމަށެވެ. މީގެ ކުރިން، މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުންވެސް އެކަން ދިގުދެމިގެންވާ މާރާމާރީއަކަށް ބަދަލުވާ ކަމަށާއި އެހެންނަމަވެސް، މިހާރު އެކަން އެގޮތަށް ނުހިނގާކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަބޭފުޅާގެ ހިސްޓްރީ އެނގޭ ބޭފުޅުން ގަބޫލުކުރާނެ ތިއީ ތިޔަކަމުގައި ކޮމެންޓް ކުރެވިދާނެ ބޭފުޅެއްކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: