ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 ވަނަ ދުވަހުން ފެށިގެން ކުނި އުކާނީ ރޭގަނޑު 10އިން 12 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގެތަކުން ކުނި އުކަމުން ދާނީ ރޭގަނޑުކަމަށް ވެމްކޯއިން ބުނެފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ވެމްކޯއިން ބުނީ 10 ވަނަ ދުވަހުން ފެށިގެން ކުނި އުކަމުންދާނީ ރޭގަނޑު 10:00އިން 12:00އަށް ކަމަށެވެ. އަދި  ކުނި ނަގަމުންދާނީ ކުރިއެކޭވެސް އެއްގޮތަށް ގެތަކުގެ ބޭރުން ކަމަށާއި، ގެތަކަށް ވަދެ ކުނި ނެގުމުގެ މަސައްކަތް އަދި ނުފަށާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ކުނި އުކާލުމުގެ ޚިދުމަތް މިހާރު ދެމުންދަނީ މެންދުރު ވަގުތުގައެވެ. މެންދުރު ކުނި ނަގަން ފެށީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް، މިހާރު އޮފީސްތަކަށް މީހުން ނުކުންނަން ފެށުމާއި ޑެލިވަރީގެ ޚިދުމަތްތައް ކުރިއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދަން ފެށުމާއެކު  އެވަގުތު ކުނި ނެގުމަށް ދަތިތަކެއް ހުރިކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ. އަދި ކުނި ނެރުމަށް ބުނެފައިވާ ވަގުތު ނޫން އެހެން ވަގުތުތަކުގައި މަގުމަތީގައި ކުނި ބަހައްޓާފައި ހުރުމުގެ ސަބަބުން މަގުމައްޗަށް ކުނި ގިނަވެ، ހިނގާ މީހުންނަށް އުނދަގޫވެ މަގުމަތިން ނުބައި ވަސް ދުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

އެެހެންނަމަވެސް، މިބަދަލާއެކު، ކޮންމެވެސް ހައްލެއް މިކަންކަމަށް ލިބޭނެ ކަމަށް އުންމީދުކުރާކަމަށް ވެމްކޯއިން ބުނެއެވެ.

ކުނި ނެރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި ކޮތަޅުގެ 3/4އަށްވުރެ ގިނަ ނުވާނެހެން ކުނި ބަންދުކުރުމާއި، ދެކޮތަޅުގައި ކުނި ބަންދުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ. އަދި ކުނި ބަންދުކުރާއިރު ކުނި ކޮތަޅުގެ ތެރޭގައި ތަޅައިގެން ގޮސްފައި ހުންނަ ނުވަތަ ތޫނު ތަކެތި ނުބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އަންނަ ބަދަލާއެކު ނުވަތަ ފިޔަވަޅުތަކަށް ލުއިދޭ މިންވަރަށް ބަަލައި ވެމްކޯގެ އޮޕަރޭޝަންތަކަށްވެސް ބަދަލު ގެންނާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: