ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕްގެ ޓުވިޓާ އާއި ފޭސްބުކް އެކައުންޓް ސަސްޕެންޑުކޮށްފި

U.S. President Donald Trump waves as he as walks on the South Lawn of the White House upon his return to Washington from Dover, Delaware, U.S., January 19, 2019. REUTERS/Yuri Gripas - RC1A05E75D00
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓާ އަދި ފޭސްބުކް އެކައުންޓު ބޭނުން ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ސަސްޕެންޑުކޮށްފި އެވެ.

އެމެރިކާގައި މިހާރު ހިގަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް ހިތްވަރުދީ ޓްރަމްޕް ކުރި ތިނއ ޓުވީޓަކާ ގުޅިގެން ކުރިޔަށް އޮތް 12 ގަޑިއިރަށް ޓްރަމްޕްގެ ޓުވިޓާ އެކައުންޓް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ޓުވިޓާއިން އާންމުކުރާ ސޭފްޓީ ޓޫލްތަކާ އަދި އެނޫންވެސް ޓުވިޓާގެ ރައްކާތެރިކަމާގުޅޭ މުހިންމު މައުލޫމާތު އާންމުކުރާ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ވޮޝިންޓަން ޑީސީގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނާއި، އަދި އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް އެކުންފުނިން އާންމު ކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޓްރަމްޕްގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ތިން ޓުވީޓެއް ޓްރަމްޕްގެ ޓުވިޓާ ހެންޑްލްއިން ޑިލީޓް ކުރުމަށް މިހާރު އެންގިފައިވާނެ ކަމަށެވެ.

އަދި މި ޓުވީޓްތައް ޑިލީޓް ކުރުމަށް ފުރުސަތުދީ ކުރިޔަށް އޮތް 12 ގަޑިއިރަށް ޓްރަމްޕްގެ ޓުވިޓާ އެކައުންޓް ލޮކް ކޮށްފައިވާކަމަށް ބުނެ ޓުވިޓާއިން ވަނީ ޓުވީޓް ކޮށްފައެވެ. އަދި މިޓުވީޓްތައް ހޭންޑްލްއިން ދާއިމީ ގޮތެއްގައި ޑިލީޓް ނުކުރާނަމަ، އެކައުންޓް ލޮކް ކޮށްފައި ބަހައްޓާނެ ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައި ތަކުރާރުކޮށް، ޓުވިޓާއިން އާންމު ކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ނުރައްކާތެރި ސިޔާސަތުތައް ޓްރަމްޕްގެ ޓުވިޓާ އެކައުންޓުން ފަތުރާ ހިތްވަރު ދެމުންދާނަމަ، ދާއިމީ ގޮތެއްގައި އެ އެކައުންޓް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް ޓުވިޓާއިން ދީފައިވެއެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން ވަނީ ކޮންގްރެސް އިމާރާތަށް ވަދެ، ކުޑަ ދޮރުތައް ތަޅާ، ޑެސްކަށް ގެއްލުން ދީފަ އެވެ. އަދި އެ މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކަކު ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: