ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިން ކިޔެވުމާއެކު ކުދިން ފަހަތަށް ސޮއްސާލައި، ކިޔެވުން މަތިން ފޫހިވެއްޖެ: އެޑިޔުކޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިންކޮށް ކިޔަވައިދޭން ފެށުމާއެކު ދަރިވަރުން ކިޔެވުމުގައި ފަހަތަށް ސޮއްސާލައި ދަރިވަރުން ކިޔެވުން މަތިން ފޫހިވެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ގެނެސްދޭ ސަރުކާރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ޓީޗަރުންގެ ބޭނުން މަޑުމަޑުން ނެތިދާނެ ހީވި ކަމުގައިވިޔަސް، ޕެންޑަމިކްގެ ތެރެއިން ޓީޗަރުންގެ މުހިންމުކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން، އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދޭއިރު، މަންހަޖުގެ ދެލިގަނޑު ދަރިވަރުންނަށް ފުރިހަމަކޮށްދެވުނު ކަމުގައިވިޔަސް ސްކޫލް މާހައުލުން ދަރިވަރުންނަށް ދަސްވާ ބައިވަރު އެހެނިހެން ކަންކަން އުނިވެގެން ހިނގައްޖެ ކަމަށެވެ.

ޑެޕިޔުޓީ މިނިސްޓަރ އާތިޔާ ވިދާޅުވީ، ޓީޗަރުންނާއެކު ދަރިވަރުން ހޭދަކުރާ ވަގުތާއި ސްކްރީނެއްގެ ފަހަތުގައި ތިބެގެން އުނގެނޭ އުނގެނުމާއި ތަފާތުތަކެއް ވާ ކަމަށެވެ. އެގޮތުން، ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތުތަކުގައި އެކި ހަރަކާތްތަކުގެ ތެރެއިން ދަސްކުރާނެ ބައިވަރު ކަންކަން ހުންނަ ކަމަށާއި އަދި އެއް ކުއްޖަކު އަނެއް ކުއްޖަކު ކިބައިން ދަސްކުރާނެ ކިތަންމެ ކަމެއްވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އާތިޔާ ވިދާޅުވީ އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީވެ، ދަރިވަރުން ފެންނަން ތިބުމުން ޓީޗަރުންނަށް ކިޔަވައިދިނުމަށް ވެސް ފަސޭހަތަކެއް ވަމުންދާކަމަށެވެ.

“މަންހަޖުގެ ދެލިގަނޑު އުނގަންނައިދެވިދާނެ. އެކަމަކު ދެލިގަނޑު އެކަނި ކިޔަވައިދިނުމަކުން ނުފުދޭ. އެއާއެކު ކިޔެވި އެއްޗެއް ކުއްޖާއަށް ރަނގަޅަށް ފަހުމުވެ، އެތައް ހުނަރުތަކެއް އޭގެ އިތުރަށް ތަރައްގީވަމުންދޭ. ކްލާސްރޫމްގައި ކިޔަވައިދޭ ކިޔަވައިދިނުމުން ސިކުނޑި ތަރައްގީވަމުން އާދޭ. 21 ވަނަ ގަރުނުގައި ކުއްޖާ ކާމިޔާބު މީހަކަށްވުމަށް މަސައްކަތްކުރާނެ ގޮތް ދަސްވެގެންދޭ. މިސާލަކަށް ގުޅިގެން މަސައްކަތް ކުރަން އެނގުން، މުއާމަލާތް ކުރަނެ ތަފާތު ގޮތް. ޚިޔާލު ތަފާތު ވީމަ އަމަލުކުރާނެ ގޮތް، މިހެންގޮސް ވަރަށް ބައިވަރު ކަންކަން ދަސްވެގެންދޭ” އާތިޔާ

މީގެ އިތުރަށް، އާތިޔާ ކުއްޖާއަށް ސްކޫލަށް ނާދެވުމުގެ ސަބަބުން ކުދިން “ލަރނިން ލޮސް” އާއި ކުރިމަތިލާން ޖެހި ދަރިވަރުން ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާކަމަށް ދިރާސާތަކުން ދައްކާފައިވާކުރައްވާފައެވެ. ކުދިންގެ ވިސްނުން ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން ޑެޕިޔުޓީ މިނިސްޓަރ އާތިޔާ ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ ދަރިވަރުންނާއި ބައްްދަލުކޮށްފައިވާ ކަމަށެވެ. ކުދިންގެ ޝުއޫރުތައް ހިއްސާކުރައްވަމުން އާތިޔާ ވިދާޅުވީ، އޮންލައިންކޮށް ކިޔަވަން ފެށުމުން ކިޔެވުން މަތިން ފޫހިވެފައިވާކަމަށް ކުދިން ހާމަކުރިކަމަށެވެ.

އެގޮތުން، ކްލާހަށް ލޮގްއިން ވެ އެކަމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދަރިވަރުންނަށް ނުދެވޭކަމަށް އާތިޔާ ވިދާޅުވިއެވެ. އަދި ސަމާލުކަން ނުދެވުމުގެ އިތުރުން ފިލާވަޅުތައް ނުހެދުން ފަދަ މައްސަލަތައް ބެލެނިވެރިންވެސް ފާހަގަކުރާކަމަށް ވިދާޅުވިއެވެ. ކްލާހުގައި ބައިވެރިވުމަށްފަހު، ކްލާހަށް ސަމާލުކަން ނުދީ އެހެން ކަންކަމުގައި މަޝްއޫލުވެގެން އުޅޭ ފަހަރުވެސް އަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

“ހަމަ އެއާއެކު ރާއްޖޭގެ އިންޓަނެޓް ހާލަތު ހުންނަ ގޮތްވެސް އެބަ އިނގޭ. އެއްފަހަރު ގުޅޭނެ. އަނެއްފަހަރު ކެނޑޭނެ. މިގޮތްގޮތަށް ވަމުންދާތީ އަސްލު ކުދިންނަށް ވަރަށް އުނދަގޫވޭ. އެހެންވެ، ފިލާވަޅު ފަހުމުވުމުގައި މައްސަލަތަކެއް ކުރިމަތިވޭ. ހަމައެގޮތަށް، ގެތަކުގެ ހާލަތަށް ބަލާއިރު އެއް ގެއެއްގައި އެތައް ބައިވަރު މީހުން އެބައުޅޭ. ގޭތެރޭގައި އެންމެ އެކަށީގެންވާ މާހައުލެއް ނުވެސް ނެތް ދަރިވަރުން ކިޔަވާކަށް.” އާތިޔާ

ދަރިވަރުން ސްކޫލަށް އައުމަކީ، މުހިންމުކަން ފާހަގަކުރައްވައި އާތިޔާ ވިދާޅުވީ، ވަރަށް ގިނަ ބެލެނިވެރިން މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މުޅި މިކަން ނިމެންދެން ދަރިވަރުން ސްކޫލަށް ނުފޮނުވާ ބޭތިއްބުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެއީ އެކަމުގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތަކެއް ފެންމަތިވަމުންދާތީކަމަށް ،،، ވިދާޅުވިއެވެ.

އާތިޔާ އިތުރަށް ވިދާޅުވީ މިއަށްވުރެ ބަލި ހާލަތު ގޯސް އިރުގައިވެސް، ސްކޫލްތައް ހުޅުވާލައިގެން ކިޔަވައިދީފައިވާ ކަމަށެވެ. އަދި އެއްވެސް ސްކޫލަކުން ކްލަސްޓަރއެއް ފެނިފައިނުވާ ކަމަށާއި އެހެންކަމުން ކޮވިޑްގެތެރޭގައިވެސް އެންމެ ރައްކާތެރި މާހައުލަކީ ސްކޫލްތައްކަން ހާމަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: