ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޑިއުކޭޝަން އޮޑިޓު 2017: ދަރުމަވަންތަ ސްކޫލްގެ ބާ އިމާރާތް ތަޅާލުމުގައި ކޮރަޕްޝަން!

ދަރުވަމަންތަ ސްކޫލު ތަޅާލައި އަޅާފައިވާ ވަގުތީ އިމާރާތް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތުގެ އަގަށް އެތަކެއް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ބޭނުމުގައިކަމަށް ބެލެވޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ވަނީ ބޮޑެތި އިހުމާލުތަކުގެ މައްސަލަތަކެއް ފެންމަތިކޮށްފައެވެ. އަދި ކޮރަޕްޝަނަށް މަގުފައިވާގޮތަށް ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލުތައް ތަރައްގީކުރުމުގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ވަނީ އަމަލުކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތުގެ ޖުމްލަ އަގުގެ 10 އިންސައްތައަށް ވުރެ އިތުރުވީ ނަމަވެސް އިއުލާނު ކުރުމަކާއި ނުލާ، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކުރިން ވެސް މަސައްކަތް ހަވާލު ކުރި ފަރާތާއި ކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 8.33 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން ބޮޑެތި މަސައްކަތްތަކާއިމ ގުޅިގެން އިތުރަށް ކުރަން ނިންމި މަސައްކަތެއް އެ މަސައްކަތެއް ހަވާލުކޮށްފައިވާ ފަރާތާއި ހަވާލުކުރެވޭނީ އިތުރަށް ކުރާ މަސައްކަތުގެ އަގު އަސްލު ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ 10 އިންސައްތައަށް ވުތެ އިތުރު ނުވާނަމައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޖުމްލަ 1،494،600 (އެއް މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ހަތަރު ހާސް ހަ ސަތޭކެ) ރުފިޔާއަށް ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައެވެ. އެކަމަކު އެ މަހުގެ 24 ގައި މަސައްކަތް ހަވާލު ކުރެވުނު ފަރާތުން މަސައްކަތުގެ އަގުގެ ތެރޭގައި ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތް ތަޅާލުމުގެ މަސައްކަތް އޭގެ ތެރޭގައި ނުހިމެނޭކަމަށް އޮޑިޓުގައި ވެއެވެ.

“ޕްރޮޖެކްޓްގެ ސްކޯޕަށްގެނެވޭ ބަދަލެއް ނުވަތަ އިތުރުކުރެވޭ މަސައްކަތެއް ނުވަތަ އެ ޕްރޮޖެކްޓުގެ މެޓީރިއަލްސްއަށް އަންނަ ބަދަލެއްގެ ސަބަބުން އެ ޕްރޮޖެކްޓެއް އެވޯޑު ކުރި އަގު ނުވަތަ އެވޯޑު ކުރި މުއްދަތު އިތުރުކުރަންޖެހިއްޖެނަމަ، އެފަދަ މަސައްކަތެއް ނުވަތަ މުއްދަތެއް އިތުރުކުރުމުގެ ކުރިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20-R/2017) ގެ 55.10 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ހޯދަންޖެހޭ ފަރާތުން ހުއްދަ ހޯދުމަށް ދަންނަވަމެވެ.” އޮޑިޓު އޮފީހުން އާއްމުކުރި ރިޕޯޓުގެ ލަފާގައި ބުނެފައި ވެއެވެ.

ދަރުމަވަންތަ ސްކޫލުގެ އެ އިމާރާތް ތަޅާލުމުގެ އަގަކީ 1،100،400 (އެއް މިލިއަން އެއް ސަތޭކަ ހާސް ހަތަރު ސަތޭކަ) ރުފިޔާކަމަށް އޮޑިޓުން ދައްކައެވެ. އަދި މުޅި މަސައްކަތުގެ ޖުމްލަ އަގު 2،595،000 (ދެ މިލިއަން ފަސް ސަތޭކަ ނުވަދިހަ ފަސް ހާސް) ރުފިޔާކަމަށް ކަނޑައަޅައި، މަސައްކަތުގެ މުއްދަތަކީ 90 ދުވަސްކަމަށް ބަޔާންކޮށް އެޑިއުކޭޝަންއަށް ސިޓީއެއް ފޮނުވާފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މަސައްކަތަށް ފިނޭންސް މިނިސްޓްރީއިން ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީ އޮފް އެޑިއުކޭޝަން1 އިން ވަނީ އެ މަސައްކަތުގެ އަގާއި މުއްދަތު އިތުރުކޮށްފައެވެ. އެހެން ނަމަވެސް އިތުރު ކުރި އެ މަސައްކަތުގެ އަގަކީ އެއްބަސްވެފައިވާ 1.4 މިލިއަން ރުފިޔާގެ 74 އިންސައްތަކަމުން، އެ މަސައްކަތް ހަވާލު ކުރީ މާލިއްޔަތު ގަވައިދުގެ 8.33 މާއްދާއާއި ހިލާފަށްކަން އޮޑިޓުން އެނގެއެވެ.

 “ދަރުމަވަންތަ ސްކޫލު ބައު އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި، މައުލޫމާތު ޝީޓާއި، އެއްބަސްވުމުގައި ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ސްކޫލުގެ މުޅި އިމާރާތް ތަޅާލުން ކަމަށްވާއިރު، ހުށަހަޅާފައިވާ އަގުގައި ސްކޫލް ގެ ދެކުނު އިމާރާތް ތަޅާލުމުގެ އަގުގެ ހިމަނާފައިނުވާނަމަ، އެކަން ހިނގާފައިވަނީ މަސައްކަތަށް އަގު ހުށަހެޅި ފަރާތުގެ އިހުމާލުންކަން ފާހަގަކުރަމެވެ. އެ ކަމުގެ ސަބަބުން އެ ފަރާތަށް ލިބިދާނޭ ގެއްލުމަކަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަކަށް ނުދެކެވެ” އޮޑިޓު ރިޕޯޓު

މީގެ އިތުރުން އޮޑިޓުގައި ބުނެފައިވަނީ މިސްޓްރީގެ ލިޔެކިއުންތަކުގައި މި މަސައްކަތް ނިމިފައިވާކަމަށް ބަޔާންކޮށްފައި ހުރި ނަމަވެސް، އެއްބަސްވުމާއި އެޓޭޗުކޮށްފައިވާ ކުރެހުމުގައި ހުރި ބައެއް އިމާރާތްތައް އަދިވެސް ތަޅާލާފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނައިކަން އެނގެން ނެތް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓު ރިޕޯޓުގައި، އޮޑިޓާރ ޖެނެރަލްގެ އޮފީހުން ވަނީ ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތުގެ ޗާޓު ހިމަނާފައެވެ.

އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މިއީ ވަކި ފަރާތަކަށް މަންފާ ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާއި ގުޅޭ މުވައްސަސާތަކަށް ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: