ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގައި ބިއްލޫރި ޕްލޭޓެއް ވެއްޓި މީހަކު ތާށިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް/ ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޕީއެލް ގައި ބިއްލޫރި ޕްލޭޓެއް ވެއްޓި މީހަކު ތާށިވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:45 ގައި ކަމަށެވެ.

މި ހާދިސާގައި ތާށިވި މީހާ ނެގުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ހާދިސާގައި ޒަޚަމްވި އިތުރު މީހަކު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަދި ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަނަ އޮފިސަރު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 19:45 ހާއިރު ކަމަށެވެ.

އަދި ހާދިސާ ހިނގާފައި ވަނީ ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: