ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާތީ އެ ސަރައްދަށް އެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރުންގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ކްރިމިނަލް ކޯޓު ކުރިމަތީ ކުރިއަށްދާ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ތިން މެންބަރެއް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އެއީ، ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އެވެ. މީގެ ތެރެއިން ނަރީޝް މިހާރު ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅުން މިއަދު ކޯޓު ސަރަހައްދުގައި އިހުތިޖާޖުކޮށްފައި ވަނީ މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު އެވެ.