ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށްޓާއި ގުޅިފަޅުން ބިން ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަތޮޅު ތިލަފުށްޓާއި ގުޅިފަޅުން ވަގުތީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ބިންދޫކުރުން އެޗްޑީސީން ވަގުތީގޮތުން މެދުގަނޑާލައިފިއެވެ.

އެޗްޑީސީން ބުނީ ތިލަފުށްޓާއި ގުޅިފަޅުން ބިންދޫކުރުމާއި ބިންބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި ޤަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީއާއި މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައި ވާކަމަށެވެ.

އަދި މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް، ތިލަފުށްޓާއި ގުޅިފަޅުން އިތުރަށް ދޫކުރެވެންހުރި ބިންތަކުގެ ތެރެއިން ވަގުތީ ބޭނުންތަކަށާއި ދާއިމީކޮށް ބޭނުންކުރަން ބިންހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: