ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން ޕޮޒިޓިވްވާ ނިސްބަތް 0.5 އިންސައްތައަށް ވުރެވެސް ދަށުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ 0.5 އިންސައްތައަށް ވުރެވެސް ދަށުގައިކަމަށް ޓުއަރިޒްމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ 1 އިން 06 އަށް 18،086 ފަތުރުވެރިން އައިސްފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ނުވަތަ އެކްޓިވް ކޭސްތަކުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 0.27 އިންސައްތަ ފަތުރުވެރިންނެވެ.

ޖުލައި މަހު 1752 ފަތުރުވެރިން އައިސްފައިވާއިރު އެމަހު ޕޮޒިޓިވްވެފައިވަނީ 0.06 އިންސައްތަ ފަތުރުވެރިންނެވެ. އަދި އޮގަސްޓް މަހު 7628 ފަތުރުވެރިން އައިސްފައުވާއިރު 0.26 ފަތުރުވެރިން ވަނީ ޕޮޒިޓިވްވެފައެވެ. ސެޕްޓެމްބަރު މަހު 9538 ފަތުރުވެރިން އައިސްފައިވާއިރު 0.36 ފަތުރުވެރިން ވަނީ ޕޮޒިޓިވްވެފައެވެ. އޮކްޓޫބަރު މަހު 21،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު ޕޮޒިޓިވްވެފައިވަނީ 0.26 އިންސައްތަ ފަތުރުވެރިންނެވެ. އަދި ނޮވެމްބަރު މަހު 35،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 0.13 ފަތުރުވެރިން ވަނީ ޕޮޒިޓިވްވެފައެވެ. ޑިސެމްބަރު މަހު 93،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު އެމަހު ޕޮޒިޓިވްވެފައިވަނީ އެންމެ 0.07 އިންސައްތަ ފަތުރުވެރިންނެވެ.

މިޖެނުއަރީ މަހުގެ 07 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، 30 ޑިސެމްބަރުގެ ނިޔަލަށް 141 ރިސޯޓާއި، 286 ގެސްޓްހައުސާއި ހޮޓެލް އަދި 130 ސަފާރީ އުޅަނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ ޖުމްލަ 41،580 އެނދެވެ.

ޖުލައި 15ގައި ބޯޑަރު ހުޅުވާލާފައިވާއިރު، ރިޒޯޓްތަކާއި ގެސްޓްހައުސް އަދި ހޮޓެލްތައް އަންނަނީ އޮޕަރޭޝަނަށް ގެންނަމުންނެވެ. އަދި އެޗްއީއޯސީއިން އަންނަނީ އެތަންތަން އިންސްޕެކްޓް ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ ގެސްޓްހައުސް އަދި ހޮޓެލްތައް އިންސްޕެކްތް ކުރަން މިމަހު ފަށާފައިވާއިރު އެތަންތަން ހިންގަމުން އަންނަނީ ގައިޑްލައިނާއި އެއްގޮތަށްކަން ހާމަވާކަމަށް އެޗްއީއޯސީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: