ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް!

ފޮޓޯ:_ ދި އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް އިތުރުކޮށްފިއެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި މީގެކުރިން ތިއްބެވީ 6 މެމްބަރުން ނެވެ. ނަމަވެސް ބޯޑަށް އަލަށް އައްޔަންކުރި 5 މެމްބަރުންނާއެކު އެކޯޕަރޭޝަންގެ ބޯޑު މެމްބަރުންގެ އަދަދު ވަނީ 11 އަށް އިތުރުވެފައެވެ.

އެޗްޑީސީގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް އިތުރުކުރީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެޗްޑީސީ ވަނީ އެއްކޮށްލުމާއި ގުޅިގެންނެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނާއި މުދަލާއި ތަކެތި އެޗްޑީސީގެ ދަށަށް ބަދަލު ކޮށް ދެކުންފުނި ވަނީ އެއްކޮށްލުމާއެކު ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ މަސައްކަތްތައް މިހާރު ބަލަހައްޓަންޖެހޭ ފަރާތަކީ އެޗްޑީސީއެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ، އެޗްޑީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ އަބްދުލް މުންނިމް، އަބްދުﷲ މިއާދު، މުހައްމަދު ޖަލާލް، ޝާތިރު އަބްދުއްރަހުމާން އަދި މަރިޔަމް ޝަވާދިން އަބްދުﷲއެވެ.

މީގެ ތެރެއިން ތެރެއިން ޝާތިރު އަބްދުއް ރަހްމާންއާއި މަރިޔަމް ޝަވާދިންއަކީ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީ.އެމް.އައި.ޒެޑް.އެލްގެ ބޯޑުގައިވެސް ހިމެނުނު ދެ ބޭފުޅުންނެވެ.

އެޗްޑީސީ ފުރަތަމަ އުފެއްދެވީ ހަމައެކަނި ހުޅުމާލޭގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ރައީސް މައުމޫންގެ ވެރިކަމުގައެވެ. އަދި ޖީއެމްއައިޒެޑްއެލްއަކީ ތިލަފުއްޓާއި ގުޅިފަޅުގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: