ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޔާރު ކުރާ ދާއިރާއެއް ނިގުޅައިގަތުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ: ފައިރޫޝް

ޑރ. ފައިރޫޝް ހިދުމަތުން ރިޓަޔާ ކުރެއްވުމުން އޭނާއަށް ހައްސަކޮށް ހެޑްކުއާޓާސްގައި ބޭއްވި ފެއާވެލްގެ ތެރެއިން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންދާއިރާއެއް އިހުތިރު ކުރުމުގެ ހައްގު އޮންނާނެކަމަށް ދާދިފަހުން ފުލުހުންގެ ހިދުމަތުން ރިޓަޔާރ ކުރެއްވި ކުރީގެ އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާރ ކުރެއްވުމާއި ގުޅިގެން އެމްޑީޕީއިން ދަނީ އޭނާއަށް އަމާޒުކޮށް ފާޑުވިދާޅުވަމުންނެވެ. އަދި ފައިރޫޝް ރިޓަޔާރ ކުރެއްވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ފުލުހުންގެ ބިލާއި ގުޅިގެންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފައިރޫޝްއަކީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމުގައި އިސްކޮށް ހުރި ބޭފުޅެއްގެ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުނާއި، ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވެއެވެ. ފައިރޫޝްގެ މައްސަލަ ނުބެލެނީސް، އޭނާ އަމިއްލައިން ރިޓަޔާރ ކުރެއްވުމުން ނުރުހުން ފާޅުކޮށް، އެމްޑީޕީއިން އަންނަނީ ފުލުހުންގެ އިދާރާ ހިންގެވުމާއި އެ ދުވަހު ވަގުތީގޮތުން ހަވާލުވެ ފައިރޫޝް ދެމުން ގެންދިޔަ ކޮމާންޑުތަކުގެ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ބޭނުން ދާއިރާއެއް އިހުތިޔާރު ކުރުމުގެ ހައްގު ކޮންމެ މީހަކަަށް ވެސް އޮންނާނެކަމަށް ވިދާޅުވެ ފައިރޫޝް ޓްވީޓު ކުރައްވާފައިވަނީ، އޭނާގެ ރިޓަޔާމެންޓާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ، 241 އަށް ހުށަހަޅާފައި ވަނިކޮށެވެ. ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ބުނެފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށެވެ.

މައްސަލަ ހުށަހެޅިކަމަށް މީޑިއާތަކުން ރިޕޯޓުކުރިތާ މާގިނައިރުތަކެއް ނުވެ ފައިރޫޝް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބޭނުން ދާއިރާއެއް އިހުތިޔާރު ކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށާއި، އެއްވެސް މީހަކަށް އެ ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

ފުލުހުންގެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ، 114 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި، ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާއި މެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިޚްތިޔާރުގައި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ޙާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ޙާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ، ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށެވެ.

ގެޒެޓުގައި ޝާއިއުކޮށް، ތިން މަސް ފަހުން އަމަލު ކުރަން ފަށާ އެ ގާނޫނަކީ ފެބުރުއަރީ 07 ގެ ބަދަލު ހިފުމަށް ގެންނަ ގާނޫނެއްކަމަށް ބަހުސް މަރުހަލާގެ ތެރެއިން ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް ރައްދު ދީ، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މިއީ ބަޣާވާތަށް ދޮރު ބަންދުވެ، މަގާމުގެ ކުރިއެރުމުގައި ވެރިން ރުހޭ މެޑަލް ހޯދުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ގެންނާނެ ބިލެއް ކަމަށެވެ. އަދި ބޭއިންސާފުން ކުރެވޭ މަސައްކަތްތަކާއި، ފުލުހުންގެ މުވައްސަސާގެ ތެރޭގައި ހިނގާ އޮޅުވާލުންތަކާއި ބަޣާވާތްތައް ހުއްޓުވާ ހަރުދަނާ ކުރިއެރުންތަކެއް ލިބޭނެ ބިލެއް ކަމަށެވެ.

މި ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައި ޕޮލިސް ބޯޑެއް އެކުލަވާލާތާ 04 މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: