ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިރޫޝް ރިޓަޔާރ ކުރެއްވި މައްސަލަ ރައީސް ނަޝީދުގެ ފަރާތުން 241 ކޮމެޓީއަށް!

ކުރީގެ ސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް ޢަބްދުﷲ ފައިރޫޝް- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް މައްސަލަ ހުށަހެއްޅުވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މައްސަލަ ހުށަހަޅާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފައިރޫޝް ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށެވެ.

ފުލުހުންގެ ގާނޫނުގެ 112 ވަނަ މާއްދާގައި، ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ހާލަތުގައި އަިދ އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށް ބުނެފައި ވެއެވެ.

ފައިރޫޝް ފުލުހުންގެ އިދާރާއިން ރިޓަޔާރ ކުރެއްވިއިރު އޭނާއަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން ވަޒީފާ ހަމަޖެހިފައިވާކަމަށްް މައުލޫމާތު ލިބެއެވެ. އަދި ރިޓަޔާރ ކުރެއްވީ ސީދާ އެ ސަބަބާއި ހުރެކަމެއް ސާފެއް ނޫނެވެ.

ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުންނެވެ. އަދި އެ ގައުމުގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށް އޭނާ ފުލުހުންގެ ވަޒީފާއިން 2017 ވަނަ އަހަރު ވަކި ކުރިއެވެ. ފައިރޫޝް ވަޒީފާއިން ވަކިކޮށްފައިވަނީ އޭރުގެ ސަރުކާރާއި ދެކޮޅަށް ނުވައި ތަސައްވުރެއް އުފެދޭގޮތަށް ވާހަކަދެއްކެވިކަމުގެ ތުހުމަތުގައެވެ.

ފައިރޫޝްއަށް އަލުން ވަޒީފާ ދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންއިން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި ހުކުމަށްފަހު ފައިރޫޝް އަލުން ވަޒީފާއަށް ނިކުމެވަޑައިގަންނަވަން ފެއްޓެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއަށްފަހު ފައިރޫޝް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވުނެވެ.

ފައިރޫޝް ރިޓަޔާރ ކުރެއްވިއިރު ފުލުހުންގެ ހިދުމަތުގެ ބިލް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. ފުލުހުންގެ ބިލުގައި ބުނެފައިވާ ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފައިރޫޝްއަކީ 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ފަރާތެވެ. އަދި އެ ދުވަހު ފުލުހުންގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ކުރިމަތިލުންތަކުގެ ތެރޭގައި ފައިރޫޝް އިސްރޯލެއް އަދާކުރިކަމުގެ ތުހުމަތު ކުރެވެއެވެ. އަދި އާ ގާނޫނާއި އެކު އެ މައްސަލަ ބަލާނެކަމަށް ނުސީދާގޮތެއްގައި ބައެއް އިސް ބޭފުޅުން އައީ ވިދާޅުވަމުންނެވެ. އޭގެ އިތުރުން އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތައް ވެސް ފައިރޫޝްއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: