ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލް ގަޑިތަކުގައި، އެ ސަރަޙައްދުތަކުގައި މުދާ އުފުލުން މަނާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތަކުގެ ސެޝަންތައް ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

ސްކޫލްތަކުގެ ސެޝަންތައް ފެށޭ ގަޑިއާއި ނިމޭގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލުން މަނާކޮށްފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުރިޖުމަތިން މުދާ އުފުލުމުގައާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައިއާއި، މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މާލެއާއި ހުޅުމާލެއަށް ގަނޑުކޮށްގެންދާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި އުފުލޭނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގައި ދުއްވާ 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލުމުގައި ހަރަކާތްތެރިވެވޭނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެއެވެ. އަދި ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން ދަތުރުކުރެވޭއިރު، މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. އަދި 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭގޮތަށް ޓްރާންސްޕޯޓުން ވަނީ ހަމަޖައްސާފައެވެ.

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލޭނެ ގަޑިތަކެއްވެސް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: