ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިޑަންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ޓްރަންޕު ހާޒިރުވެވަޑައިނުގަންނަވާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ ހުވައިކުރައްވާ ރަސްމިއްޔާތަށް ހާޒިރުވެވަޑައިނުގަންނަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ.

ޓްރަންޕުގެ ނިންމުމާއިގުޅޭގޮތުން ޖޯ ބައިޑަންވަނީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވެފައެވެ.ނަމަވެސް ނައިބު ރައީސް މައިކް ޕެންސު ޖަލްސާއަށް ހާޒިރުވުމަށް އެދިލައްވާކަމަށް ބައިޑަން ވިދާޅުވިއެވެ.

ރައީސް ޓްރަންޕު ކުރެއްވި ޓްވީޓެއްގައި ހުވައިކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވެވަޑައިގުނަންނަވާނެކަމަށް ވިދާޅުވީ އޭގެ ދެ ދުވަސް ކުރިން އެމެރިކާގެ ކެޕިޓޮލް ބިލްޑިންގުގައި ހިންގި ހާދިސާއަށްފަހު، ރައީސް ޓްރަންޕު ވެރިކަމުން ދުރުކުރުމަށް ޑިމޮކްރަޓުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންދާ ޓްރަންޕުވަނީ ވޯޓުގެ މަރުހަލާއާއިމެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް ކެޕިޓޮލް ބިލްޑިންގ ދޮށަށް އެއްވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވައިލައްވައިފައެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: