ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ޕާސްޕޯޓް ހެއްދި މިންވަރު ދަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ޕާސްޕޯޓް ހެއްދި މިންވަރު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާމުތަކަށް ބަލާއިއެކު 2019 ވަނަ އަހަރު 74864 ޕާސްޕޯޓް ވަނީ ހައްދާފައެވެ. ނަމަވެސް 2020 ވަނަ އަހަރު ހައްދާފައިވަނީ ޖުމްލަ 13662 ޕާސްޕޯޓެވެ. މިއީ 2019 ވަނަ އަހަރަށް ވުރެ ފަސް ގުނަ ދަށް ޢަދަދެކެވެ.

އޭގެތެރެއިން މާލޭގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުން ޕާސްޕޯޓް ހައްދާފައިވަނީ 9836 މީހުންނެވެ. 2019 ވަނަ އަހަރަށް ބަލާއިރު އަހަރު ދުވަހުގެ ތެރޭގައި އެއޮފީހުން ޕާސްޕޯޓް ހައްދާފައިވަނީ 51955 މީހުންނެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުރި އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓް ހައްދާފައިވާގޮތަށް ބަލާއިރު ސ. ހިތަދޫން 339 މީހުން، ފުވައްމުލަކުން 127 މީހުން، ހދ. ކުޅުދުއްފުށިން 218 މީހުން އަދި ހއ. ދިއްދޫން 116 މީހުން ޕާސްޕޯޓް ހައްދާފައިވެއެވެ. އެއީ ޖުމްލަ 800 ޕާސްޕޯޓް ކަމަށްވާއިރު، 2019 ވަނަ އަހަރު އަތޮޅުތަކުން 15408 ޕާސްޕޯޓް ހައްދާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިމަޖެންސީކޮށް މިދިޔަ އަހަރު ޕާސްޕޯޓް ހައްދާފައިވަނީ 94 މީހުންނެނެވެ. އަދި 2020 ވަނަ އަހަރު 39 ޕާސްޕޯޓް ކާޑު ހައްދާފައިވެއެވެ. އަދި ތާޑް ޕަޓީ އެޕްލިކޭޝަންގެ ގޮތުގައި 2932 މީހުން ޕާސްޕޯޓް ހެއްދުމަށް ވަނީ ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: