ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ އިދާރާއަކުން އަހަރީ ރިޕޯޓު ފޮނުވުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގައި ބަޔާންކުރާ “އަހަރީ ރިޕޯޓު” ދައުލަތުގެ އިދާރާތަކުން ފޮނުއްވައި ދެއްވުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދިވަޑައިގެންފިއެވެ.

އެ އޮފީހުން ބުނީ މަހޯލި ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމްކުރާ މި ރިޕޯޓު ކޮންމެ އަހަރަކު ހުށަހެޅުމުގެ ޒިންމާއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ކުރައްވަންޖެހޭ ކަމެކެވެ.

އެ ރިޕޯޓުގައި ހިމަނަންޖެހޭ މަޢުލޫމާތު ތަކަކަކީ:-

– މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެ އަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދު

– އެދުނު މައުލޫމާތެއް ނުދިނުމަށް، އެންމެ ގިނައިން ބޭނުންކުރަން ޖެހުނީ، މި ގާނޫނުގެ ކޮން މާއްދާއެއް ނުވަތަ ބައެއްކަން

– މައުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު

– ފީ ނެގުނު އަދަދާއި އެގޮތުން ނެގި ފީގެ ޖުމްލަ

– މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް

– މައުލޫމާތު ބެލެހެއްޓުމާ ގުޅޭ ގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން

– މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި، ހިންގި ހަރަކާތްތަކާއި ކުރި ކަންކަން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: