ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯ ފުށްގުދަން ހުންނަ ސަރަހައްދުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ޕަމްޕް ބޭނުންކޮސްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު ބ. މާޅޮސްގެ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވެގެން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބ. މާޅޮސްގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް އެ ރަށު ކައުންސިލްއާއި ގުޅިގެން ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 12:00 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: