ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫދަށް ކުނި އަޅާތީ ވެމްކޯ 1.1 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅަށް ކުނި އެޅި މައްސަލައެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ބުނެފައިވަނީ ވެމްކޯގެ އޮޕަރޭޝަންސްގެ ތެރެއިން ފަޅަށް ތަކުރާރުކޮށް ކުނިއަޅާފައިވާތީ ވޭސްޓް މެނޭޖްމެންޓް ގަވައިދުގެ ދަށުން ވެމްކޯ ޖުރިމަނާ ކުރާކަމަށެވެ. އެގޮތުން ވެމްކޯ ޖުރިމަނާ ކޮށްފައިވަނީ 1,128,750 ރުފިޔާއިންނެވެ.

އީޕީއޭއިން ވެމްކޯ ޖުރިމަނާ ކުރި އިރު، ވެމްކޯއިން މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމަށް މަސައްކަތްކުރާއިރު މާލޭގެ ފަޅުތެރެއަށް ކުނި އެޅޭކަމުގެ ޝަކުވާއަކީ އަބަދުވެސް މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ.

ރޯޔަލް އައިލެންޑް ރިސޯޓުގެ ބޭނުމަށް ބ. ދިގުފަރުން ގަވަައިދާ ހިލާފަށް ވެލި ނެގުމުން އެ ރިސޯޓު ހިންގާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވެސް ވަނީ 83،750 ރުފިޔާއިން ޖޫރިމާނާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: