ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުނަދުއަށް އެރީ ޔޮޓަށް ތެޔޮ އެޅުމަށް: ޖާބިރު

މެމްބަރު ޖާބިރު މިއަދު ފުނަދޫގައި --
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހެނދުނު ށ. ފުނަދުއަށް އެރީ ޔޮޓުން ތެޔޮ ހުސްވުމުން ތެޔޮ އެޅުމަށް ކަމުގައި ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އެރަށަށް ފައިބައިވަޑައިގެންފައި ވަނީ މިއަދު ހެނދުނު އެވެ. އަދި މާސްކް ނާޅުއްވާ ރަށު ތެރޭގައި ވަނީ އުޅުއްވައިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

“ސަން” އަށް މައުލޫމާތު ދެމުން ފުނަދޫ ކައުންސިލްގެ ރައީސް ވިިދާޅުވީ ޖާބިރު ޓެކްސީއެއްގެ ކުރީ ސީޓުގައި އިންނަވައިގެން ދަތުރުކުރެއްވި ކަމަށެވެ. އަދި މާސްކް ނާޅުއްވާ އުޅުއްވި ކަމަށާއި އަދި ރަށުގެ މީހުންނާއެކު ފޮޓޯ ނަންގަވައި ހެއްދެވި ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ ފުނަދުއަށް ދިޔައީ ޔޮޓަށް ތެޔޮ އެޅުމަށް ކަމަށާއި އެވަގުތުގައި އެރަށަށް ފައިބާފައިވާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނި މަޖިލިސްވެސް ޗުއްޓީ ދުވަސް ވަރަކަށްވުމުން ކަނޑުމަތީގައި އެޅޭތާ މިހާރު ވަރަށް ދުވަސް ވެފައިވާކަމަށެވެ. މާލެ އަށް ނާންނަތާ 14 ދުވަހަށްވުރެވެސް ގިނަ ދުވަސް ވެފައިވާކަމަށާއި، އޭނާ ކޯވިޑަށް އެންމެ ފަހުން ހެދި ޓެސްޓުންވެސް ނެގެޓިވް ވެފައިވާކަމަށެވެ.

އެހެންކަމަށްވުމުން މިގޮތަށް ރަށްރަށް އެރުމަކީ ގަވާއިދާއި ޚިލާފު ކަމެއްކަމަށް ނުދެކޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: