ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރޭގައި ފުންކޮށް އެބައޮތް: އުމަރު

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފުންކޮށް އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން ބޭރުކޮށްކޮށްލި މައްސަލަ އިސްތިއުނާފު ނުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުމަރު މިރޭ ވިދާޅުވީ މި މައްސަލައިން ދައްކުވާދެނީ މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށާއި އަދި އޭގެ ސަބަބުން ޤާނޫނު ތަކުގެ ބާރުކެޑިފައިވާ މިންވަރު ކަމަށެވެ.

މި މޫތަށް ކަނޑާލާ، ދައުލަތް ސަލާމަތް ކުރެވޭނީ ޤައުމަށް އިޚުލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ޤާއިމް ކުރެވިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

“އިރާދަ ކުރެއްވިއްޔާ އެދުވަސް ދިވެހިން ދެކޭނެ. މަސްތުވާ އެއްޗެތީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖްތަމަޢެއް ދިވެހިން ދެކޭނެ” އުމަރު ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލި ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން އަޅަންޖެހޭ އެހެން ފިޔަވަޅުތައް ދިރާސާކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާއިރު، މިމައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި މިމައްސަލައިގެ އިހުމާލުތަކުގެ މައްސަލަ ބަލައި ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައިކަމަށެވެ. އަދި ކޮމިޓީން މިމަސައްކަތް ކުރައްވާނެކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: