ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ނުފޫޒުން އެއްކިބާ އިންސާފުވެރި ހުކުމަކަށް އުންމީދު ކުރަން: ޣައްސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ލަސްކޮށް، ފަސްކުރި ކަމުގައި ވީނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ނުފޫޒުން އެއްކިބާ އިންސާފުވެރި ހުކުމެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ މި މަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 21 ވަނަ ދުވަހަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޣައްސާން ވިދާޅުވީ ހައިކޯޓުން މައްސަލަ ލަސްވަމުންދާ ދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. ނަމަވެސް ލަސްވެގެން ދިޔަ ކަމުގައި ވީނަމަވެސް، ކްރިމިނަކް ކޯޓުގައި މިމައްސަލަ ދިޔަ ގޮތަށް ނުގޮތް އިންސާފުވެރިކަމައި އަދުލުވެރި ކަމާއިއެކު ހުކުމެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޣައްސާން ވިދާޅުވިއެވެ.

“ދިގު ދެމިގެންދިއަޔަސް، ކްރިމިނަލް ކޯޓު ކޭސްހެން މާދަން ކުރަން އޮތް ހުކުމް ލަސް ކުރެއްވިޔަސް، ނުފޫޒުން އެއްްކިބާ އިންސާފުވެރި ހުކުމަކަށް އުއްމީދު ކުރަން” ޣައްސާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: