ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެމަނަފުށީ ދޯންޏަކުން ދެއްވަދޫ ރައްޔިތުންނަށް މަސް ހަދިޔާ ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ގއ. ދެއްވަދޫގައި މޮނިޓަރިންގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެރަށު މީހުން ހާލުގައި ޖެހިފައިވާތީ އެހީވުމުގެ ގޮތުން އެ އަތޮޅު ގެމަނަފުށީ މަސް ދޯންޏަކުން އެރަށް މަސް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

އޮޑިދޯނި ފަހަރު މަހަށް ނުނިކުންނަތާ މިހާރު ފަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެރަށު ކައުންސިލް ބުނީ ދެއްވަދޫ އޮތީ މަހަށް ޖެހިފައި ކަމަށެވެ.

އުފާ ދޯނިން މަހަށްދާ ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ބުނެފައިވަނީ ދެއްވަދޫ ކަރަންޓީނުގައި އޮތުމުން، އެރަށުގެ މަސްވެރިއާއިލާތަކާއި އެންމެހާ ރައްޔިތުންނަށް މަސް ފޯރުކޮށްދިނުމަށްޓަކައި މަސްހިފައިގެން އުފާދޯނި ދެއްވަދުއަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެހެނިހެން ދޯނިފަހަރާއި މަސްވެރިންވެސް ދެއްވަދޫއަށް އެހީތެރިވުމަށް އަތު ގުޅާލުމަށް ޒުވާން މަސްވެރިޔާވަނީ އެދިފައެވެ.

“މަސްވެރިން އެމްވީ” ނޫހަށް މައުލޫމާތުދެމުން ސާޖިން ބުނީ ރޭ ފަތިހު ބޮޔަށް ގޮސް 800 ކިލޯގެ މަސްބޭނުނު ކަމަށާއި އެ މަސް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ދެއްވަދޫގެ ޓާސްކްފޯހާއި ގުޅިގެން ރަށުގެ ހުރިހާ ގޭބިސީތަކަށް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: