ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އެގައުމުގެ މީހަކާއި ލެޓްވިއާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މީގެތެރެއިން އެކަކީ މިދިޔަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށާއި އެއީ 23 އަހަރުގެ މީހެއް ކަމަށެވެ. ކަސްޓަމްސް އިން އެމީހާ ފާސްކުރީ އެމީހާގެ އަމަލުތައް ހުރި ގޮތުންނެވެ. އަދި އެމީހާގެ ލަގެޖުން 2.46 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ދެވަނަ މީހާ އަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އެމީހާވެސް ފާސްކުރީ އަމަލުތައް ހުރި ގޮތުން ކަމަށްވާއިރު އެމީހާ ވަނީ ހަށިގަނޑު ތެރެއަށް 66 ކެޕްސޫލް ފޮރުވައިގެން ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: