ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎ސްޕެނިޝް ސުޕަ ކަޕް މީޑިއާނެޓް ކަސްޓަމަރުންނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ފައިނަލް މެޗު ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓްގެ ޕީއާރު އެންޑް މާކެޓިން އެގްޒެކެޓިވް، ޝުވެެއިކާ ޝަރީފް ވިދާޅުވީ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ފައިނަލް މެޗު ހަމައެކަނި އައިސްޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާރު މީޑިއާނެޓުގެ މަލްޓި ސްކްރީން ބޭނުންކޮއްގެން ކޮންމެތާކުން ކޮންމެ ޑިވައިސްއަކުންވެސް މެޗްތައް ބަލައިލެވޭނެއެވެ.

މީޑިއާނެޓުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި މުބާރާތުގެ ސެމީފައިނަލް މެޗްތައް ކަމައްވާ ބާސެލޯނާ އާއި ރެއާލް ސޮސައިޑާޑް ބައްދަލުކުރާ މެޗާއި، ރެއާލް މެޑްރިޑް އާއި އެތުލެޓިކް ކްލަބް ބައްދަލުކުރާ މެޗުގެ އިތުރުންފައިނަލް މެޗު ހިމެނެއެވެ.

ބާސެލޯނާއާ ދެކޮޅަށް ސޮސިއަޑާޑް ކުޅޭ މުބާރާތުގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފަވަނީ މިރޭ ދަންވަރު 01:00 ގައެވެ. އަދި ދެވަނަ މެޗް، ރެއާލްމެޑްރިޑް އެތުލެޓިކް ކުލަބް ބައްދަލުކުރާ މެޗް ގެނެސްދޭނީ މާދަމާރޭ ދަންވަރު 01:00 ޖަހާއިރުއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: