ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުން ގަވައިދުން ޕްރެސްތައް ފަށާ، ޕްރެސް ކޯޕްސް އުފައްދަނީ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެެރިންނާއި ބައްދަލުކުރެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ފެބްރުއަރީ މަހުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން ގެންދަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަކަށް، މަބްރޫކް އަޒީޒް އައްޔަން ކުރިފަހުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާފައެވެ.

ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް މަބްރޫކް “ސަންގު” އަށް ވިދާޅުވީ ރައީސް އޮފީހާއި، މީޑިއާތަކާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސީދާ ތާރީހެއް ކަނޑަނޭޅުނު ނަމަވެސް، އަންނަ މަހުން ފެށިގެން ސަރުކާރުގެ އެކި މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެކަމަށް މަބްރޫކް ވިދާޅިވިއެވެ.

މަޝްވަރާގެ ތެރެއިން، ރައީސް އޮފީހުގެ ޕްރެސް ކޯޕްސްއެއް އުފެއްދުމަށް ނިންމާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. މިއީ ފަސޭހަކަމާއި އެކު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރެވޭނެ ވަސީލަތެވެ. ޕްރެސް ސްކޯޕްސްގައި ކޮންމެ މީޑިއާއަކުން ވެސް ކަނޑައަޅާ ވަކި ނޫސްވެރިންތަކެއް ހިމެނޭނެއެވެ. އަދި އެ ނޫސްވެރިންނަކީ އެއީ ބައްދަލުވުންތަކާއި، ޕްރެސްތަކަށް ދާނެ ނޫސްވެރިންނެވެ.
ޕްރެސް ސްކޯޕްސް އުފެއްދުމަށް ވަރަށް އަވަހަށް ރައީސް އޮފީހުން މީޑިއާތަކާއި ބައްދަލު ކުރާނެއެވެ.
އަންނަ މަހުން ފެށިގެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެކަން ރައީސް އޮފީހުން ހާމަކުރިއިރު، ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 07 މަސް ދުވަސް ވަނީ ވެފައެވެ. އެންމެ ފަހުން ރައީސް ސޯލިހު މީޑިއާތަކާއި ބައްދަލު ކުރެއްވީ، ލޮކްޑައުންތަކެއް ލުއިދިނުމަށްފަހު މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: