ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ފޯނު ދޭން މުންދު ދެކޮޅު ހައްދައިފި

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ( މުންދު) ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށް ފޯނު ދިނުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދެކޮޅު ހައްދަވައިފިއެވެ.

މުންދު މިކަމަށް ދެކޮޅު ހެއްދެވީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްގެން ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގެ ތަހުގީގަށް މިއަދު ފުލުހަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ކުރާ ތަހުގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ މިމައްސަލަ ތަހުގީގީ މައްސަލައަކަށް ބަދަލުވެފައިވާކަން އެގުނީވެސް މިއަދު ހާޒިރު ކުރުމުންކަމަށެވެ. މައްސަލާގައި ވަކީލެއްގެ އެހީބޭނުންތޯ އެހުމުން މިވަރުގެ މައްސަލައެެއްގައި ވަކީލަކު ބޭނުން ނުވާކަމަށް ވިދާޅުވެފައިވާނެކަމަށް މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގެ ތެރެއިން މިއަދު ފުލުހުންނަށް ތަހުގީގު ކުރެވޭނެ މައްސަލައެއްކަމަށްވެސް ނުދޭކަމަށެވެ. މިސަރުކާރުން ވެރިކަމަށް އައިސް ވިސިލްބްލޯގެ ޤާނޫނާއި، މައުލޫމާތު ހާމަކުރުމުގެ ޤާނޫނީ ބާރުވެރިކަން ދިނުމަށްފަހު ޤާނޫނާއި ދެކޮޅަށް ކުރާ މަސައްކަތަކީ ވަޒީރަށް ސާފުވާންޖެހޭ ކަންތައްތަކެއްކަމަށް މުންދު ވިދާޅުވިއެވެ.

އަދި މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާ އަށް ގުޅައި ފޯނު ދިނުމަށް އެދުނު ކަމަށާއި މިއަދު ފުލުހަށް ހާޒިރުވުމުން ވެސް ފޯނު ދޭން ފުލުހުން އެދުނު ކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނޫނީ ފޯނު ނުދޭނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

“ސަބަބަކީ އޭގައި ހުންނާނެ އަޅުގަނޑުގެ ޕާރސަނަލް މައުލޫމާތުގެ އިތުރުން އިދިކޮޅު ކޯލިޝަނުގެ ސިއްރު ސިޔާސީ މައުލޫމާތު. ކުރިއަށް ބޯމަތިވެފައި މިއޮތީ އިންތިހާބެކޭ. އެ އިންތިހާބާއި ގުޅޭ މުހިއްމު މައުލޫމާތުތައް ވެސް ހުންނާނެއޭ. އެހެންވީމަ އަޅުގަނޑުމެންގެ ޕާޓީގެ ސިއްރުތަކާއި، މުހިއްމު ރޭވުންތަކާއި، މައުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކަށް ނާރުވާނަމޭ” މުންދު ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: