ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޗައިނާ ރާއްޖެއަށް އެހީވާނެ: ޗައިނާ ސަފީރު

ރައީސް ސޯލިިހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެއިން އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި، ޗައިނާ ކުންފުނިތަކުގެ އެހީތެރިކަން ލިބޭނެކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒަންގް ލިޒޯން ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު، ކުރެއްވި ޒިޔާރަތުގައި އެއާޕޯޓުގައި ހިނގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައި އެ މަސައްކަތްތައް ކުރިއަށްދާގޮތް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ވީއައިއޭގައި ޗައިނާގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަނީ ރައީސް ސޯލިހާއި ހިއްސާ ކުރައްވާފައެވެ.

މަަސައްކަތް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމަށްފަހު ރައީސް ސޯލިހު ކުރައްވާފައިވާ ޓްވީޓު، ރީ ޓްވީޓު ކުރައްވައި ސަފީރު ވަނީ ރާއްޖެއިން އެ ގައުމުގެ މަޝްރޫތައް ކުރިޔަށް ގެންދިއުމުގައި ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ސަފީރު ވަނީ ޗައިނާގެ ބީޔޫސީޖީ އާއި އެ ގައުމުގެ އެހެން ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް މި އަހަރު އަލުން ފަށާފައިވާ ކަން ފާހަގަކުރައްވާފައެވެ.

މި މަަސައްކަތް ފެށުނީ ރާއްޖޭގެ އެއްބާރުލުމާއެކީ ކަމަށާއި، ކޮވިޑު-19 ގެ ސަބަބުން ގައުމުގެ އިގްތިސޯދަށް ދިމާވި ހީނަރުކަމުން އަރައިގަތުމަށް ޗައިނާ އަބަދުވެސް އެހީވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވަނީ ވީއައިއޭއަށް ކުރެއްވި ޒިޔާރަތުގައި އެއަޕޯޓުގެ ފިއުލް ފާމް އާއި، ކާގޯ ޓާމިނަލް އަދި ކާގޯ ޖެޓީގެ އިތުރުން އޭޕްރަން އަދި ވީއަރައއަދި ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް އޮޅުންފިލުއްވާފައެވެ. ރައީސް ވަނީ މި މަޝްރޫއުތަކުގެ މިހާރު ނުނިމު ހުރި މަސައްކަތްތަކުގެ ތަފްސީލު ވެސް ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: