ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީގެ ސަލާމީގެ ބާވަތްތައް ބޭނުން ނުކުރުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިޓަލީގެ ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ “ސަލާމީ” ނުވިއްކުމަށާއި ބޭނުން ނުކުރަން ފުޑް އެންޑް ޑުރަގް އޮތޯރިޓީން (އެފްޑީއޭ) އިން އަންގައިފި އެވެ.

އެފްޑީއޭ އިން އެގޮތަށް އެންގީ “ސެލްމޮނެއްލާ” ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީގެ “ސަލާމީ” ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެންގުމުންނެވެ.

އެފްޑީއޭ އިން ބުނީ، އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެކަމާގުޅޭ އިތުރު މައުލޫމާތެއް ބޭނުންނަމަ 3014361 ނަންބަރު ފޯނަށް ގުޅުމަށް އެފްޑީއޭ އިން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: