ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން އިހްތިޔާރުކުރުމުގައި ރައްޔިތުން ފުންކޮށް ވިސްނުމަށް އިލްޔާސް ގޮވާލައްވައިފި

ޝޭޙް އިލްޔާސް ހުސެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން އިހްތިޔާރުކުރުމުގައި ރައްޔިތުން ފުންކޮށް ވިސްނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝެއިލް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވިތަނުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން އިހްތިޔާރު ކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނާވަޑައިގަތުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވިއިރު، ފަހަކަށް އައިސް އޭނާ އަންނަނީ ވެރިކަން ކުރާ އެމްޑީޕީން އިސްލާމް ދީނާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޝައިޚް އިލްޔާސް ވަނީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަންކަން އަލުން ގެނައުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ ނިންމުންތަކުގައި ކޮޅުފައިން ޖެހުންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކޮންމެ އިންތިހާބަކާ ދިމާ ކޮއް އިލިޔާސް ތިޔަހެން ބުނާނެ މި ސަރުކާރުން ރައްޔިތުންގެ ބައިތުލްމާލު އިން ބޮޑު ތަނުން ވައްކަން ކުރާއިރު އަދި މިސްކިތުގަ ހުރި ދިވެހި މުސްލިމަކަށް ހަމަލާ ދިން އިރު އިލިޔާސް އަށް ނުކެރުނު ޓުވީޓެއް ކޮށްލަން މިހާރު އިލިޔާސް ވަނީ ރައްޔިތުންގެ ކުރިމަތީ ފެއިލްވެފަ

  2. އެހެންވެ ޖަލުގައޮތް ތިމާމެންގެ މީހާ ޖަލުން ނެރެންވެގެންނު އަމިއްލަ އެދުމުގަ މިއޮތީ ވިސްނާފައެއްނޫންތޯ ދީނާ ޤައުމު ގުރުބާން ކޮށްފައި. ހަމަ އާންމު ރައްޔިތު މީހާއެކޭ ކިޔަވައިގެން ތިބޭ މިފަދަ މީހުންނެކޭ މިވަނީ އެއްވަރު. މިމީހުން އަދި ކަންތައް ބޮޑުކޮށް މިފެންނަނީ. އެކަމަށް ކެންޕޭނުވެސް ކުރަނީ. ނިކަމެތި ރައްޔިތު މީހާ ވިއްޔާ އަމިއްލަ މަސްލަހަތައް ވޯޓުގަނޑެއް ލާފައި ނިންމާލާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: