ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެން ދަމަން އުޅުނު ދޯންޏެއް ފަރަށް އަރައިފި

090221-N-4774B-002 MALDIVES (Feb. 21, 2009) Members of the Maldives National Defense Force Coast Guard approach the guided-missile cruiser USS Lake Champlain (CG 57). Lake Champlain is part of the Boxer Expeditionary Strike Group on a scheduled deployment to the Western Pacific in support of global maritime security. (U.S. Navy photo by Mass Communication Specialist 2nd Class Daniel Barker/Released)
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ކަނދޮޅުދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް އަރާފައިވާ ދޯންޏަކަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ އެންދަމަން އުޅުނު “ހިތްވަރު” ނަމަކަށް ކިޔާ މަސް ދޯންޏެއް ރ. ކަނދޮޅުދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު މިރޭ 8:12 ހާއިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރޯންގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ދޯނި ފަރަށް އެރިއިރު ދޯނީގައި 11 މީހުން ތިބި ކަމަށެވެ. މި ދޯންޏަކީ ރ. ދުވާފަރަށް ނިސްބަތްވާ ދޯންޏެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: