ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅުން ކޯޓަށް މައްސަލަ ވައްދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ މައްސަލަ މިއަދު ހައިކޯޓަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މި މައްސަލަ މިއަދު 11 ޖަހާއިރު ކޯޓަށް ހުށަހަޅާނެކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް މިއަދު ހެނދުނު 11:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

ކައުންސިލް އިންތިޚާބު ބޭއްވޭނެ ވަކި ތާރީހެއް ސާފު ނުވިނަމަވެސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ދަނީ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގެން ކެމްޕެއިން ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: