ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫ ގޭބިސީތަކުގެ ވަޅު ފެނުގައި ތެލުގެ އަސަރު ހުރިތޯ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފ.ނިލަންދޫ ގޭބިސީތަކުގެ ވަޅު ފެނުގައި ތެލުގެ އަސަރު ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

ނިލަންދޫ ކައުންސިލުން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށު އައްޑަނަ ރައްޔިތުންގެ ތެޔޮ ސެންޓަރު ހިމެނޭ ސަރަހައްދަށް ޑީސެލް ލީކުވެ ބިމަށް ހިދިފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކައުންސިލުން މިއަދު ބުނީ މިކަމަކީ ރަށުގެ ފެން ފަށަލައަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށް ފަންނީ ބޭފުޅުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ގޭބީސީއެއްގައި ބޭނުން ކުރަމުންދާ ވަޅު ފެނުގައި ތެލުގެ އެއްވެސް އަސަރެއް ހުރިތޯ ބެލުމަށްފަހު އެކަން ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން ގޭބިސީތަކުގެ ވަޅު ފެނުގެ ކުލަ، ރަހަ އަދި ވަހަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ ލަސްނުކޮށް އެކަން ކައުންސިލަށް އެންގުމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: