ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ހަ މަސް ދުވަހަށް އިންތިޚާބު ފަސްކުރަންޖެހޭ: އަބްދުލްޣަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބު އިތުރަށް ލަސް ކޮށްގެން ރައްޔިތުންނަށްވާނެ ގެއްލުމެއް ސާފު ނުވާކަމަށާއި އިތުރު މައްސަލަތަކެއް ފެންމަތިވެގެން އައުމުގެ ކުރިން އިންތިހާބު އިތުރު ހަ މަސް ދުވަހަށް ފަސްކުރުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިއްޔެ ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި އޮތަސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި އިންތިޚާބު ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

ޣަފޫރު ވިދާޅުވީ މި ހާލަތުގައި އޮވެ ކެމްޕޭނުކުރަން ރަށްރަށަށް ދިޔައިމުން އެ ރަށްރަށުގެ މީހުން ސުވާލު އުފައްދާނެ ކަމަށާއި އެމީހުންގެ ހިތްތަކަށް ބިރުވެރިކަންވަދެ ކެންޕޭނުގައި ބައިވެރިވެސް ނުވާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ޣަފޫރު ދެއްކެވީ ދާދި ފަހުން ގއ. އަތޮޅުގެ ތިން ރަށެއްގައި ކޮވިޑު ފެތުރިގެންދިއަ ހާލަތާއި ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންގޮތެވެ.

މިހާރު ރާއްޖޭން މިފެންނަ ކޮވިޑްގެ ހާލަތަށް ވާސިލުވެވުނީ ސަރުކާރުން އެޅި ފުރިހަމަ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ އަދިވެސް ދުނިޔޭ އާއި ރާއްޖޭގެ ހާލަތު އަދިވެސް ރަނގަޅު ނޫންކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އަދި މިހާލަތުގައި އިންތިހާބު ބޭއްވުމުގެ ސަބަބުން ދެންވެދާނެ ގޮތަކާއިމެދު ފުންކޮށް ވިސްނަންޖެހޭކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ޤަބޫލު ކުރައްވާ ގޮތުގައި ކައުންސިލް އިންތިހާބު ބާއްވަންޖެހެއެވެ. އެކަމަކު ރާއްޖެއަށް ވުރެ މާ ކުރިއަރާފައިވާ ގައުމުތަކުން އަދިވެސް ކޮވިޑުން އަރައިނުގަނެވިގެން އުޅޭއިރު، ރާއްޖެ އޮތް ނާޒުކު ހާލަތުގައި އިންތިހާބެއް ބާއްވަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އިންތިހާބު ބާއްވައިގެން ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، އޭގެ ޒިންމާ އިދިކޮޅު ފަރާތްތަކުން އިސްވެ ސަރުކާރުގެ ބޮލުގައި އަޅުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

“އަޅުގަނޑު ގެ އަމިއްލަ ވިސްނުމުގައި އަޅުގަނޑުމެން އިންތިހާބު ރޯދައިގެ ފަހަށް ނުވަތަ ހަ މަސްދުވަސް ވަރު ލަސްކޮށްލުމަކީ، އޭގެ ސަބަބުން ގައުމުގެ އިގުތިސޯދަށާއި، ރައްޔިތުންގެ ފައިދާއަށާއި މި ކަމުން އަޅުގަނޑުމެން އަރައިގަންނަން މި ކުރާ މަސައްކަތަށް ގިނަގުނަ މަގުތަކެއް ތަނަވަސްވެގެންދާނެ ކަމެއް، އިންތިޚާބު ބާއްވައިގެން ކަމެއް ގޯސްވެއްޖެނަމަ އެކަން ސަރުކާރުގެ ބޮލުގައި އިދިކޮޅުން އަޅުވާނެ” ޣަފޫރު

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.

އެ ބިލް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު ގެނައި ބަދަލުތަކާ އެކުގަ އެވެ.

ފަސްކޮށްފައިވާ “ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020” އަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުން މަނާކުރާ އިސްލާހުތައް، އެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް، އަމަލުކުރާނެ ގޮތްތަކެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ރައްކާތެރިކަމުގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދަން ބިލުގައި ބުނެފައި ވެ އެވެ.

ބިލުގައިވާ ގޮތުން، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: