ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ އާ ރައީސްއާއެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންގެ ސަރުކާރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަންއާއި، 49 ވަނަ ނާއިބު ރައީސް ކަމަލާ ހެރިސް މަޤާމުގެ ހުވާކުރެއްވުމުން އެދެބޭފުޅުނަށްނަށް މަރުޙަބާ ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެއާއި އެމެރިކާއަކީ ގާތް ރަހުމަތްތެރި ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ބައިޑެންގެ ސަރުކާރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ޖޯ ބައިޑަން މަޤާމުގެ ހުވާ ކުރެއްވީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓޮލް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ނާއިބު ރައީސްކަމުގެ ހުވާކުރެއްވީ، އެމެރިކާގެ ތާރީޚުގައި އެގައުމުގެ ނާއިބުރައީސްކަން ކުރައްވާ އެންމެ ފުރަތަމަ އަންހެން ކަމާލާ ހެރިސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުރިން އިދިކޮޅަށް ތިބެދާނެއެވެ ދޫދޭން ބުނާ ކަހަލަ ގޮތަކަށް އިބާރާތް މިއޮތީ. ކުރިން ތިބީ ބައިޑެންއާ ދެކޮޅަށްތޯ?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: