ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނުގައި ތިބި މީހުންގެ ވޯޓު: “ވޯޓުލިތޯ ބަލަން އީސީއިން އެއްވެސް މީހެއް ފަހަތުން ނުދާނެ!”

އީސީގެ މެމްބަރު އިސްމާއިލް ހަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލުމުގައި ބައިވެރިވެވޭނެ ގޮތެއް ހެދުމަކީ ވާނެ ކަމެއް ނޫން ކަމަށާއި ވޯޓުލިތޯ ބަލަން އިލެކްޝަންސް ކޮމިޝަނުން އެއްވެސް މީހެއްގެ ފަހަތުން ނުދާނެކަމަށް އީސީގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ އެޑްވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވައި އެޗްޕީއޭގެ ގައިޑްލައިންގައިވާ ފާހަގަކުރައްވާ ހަބީބް ވިދާޅުވީ، ކަރަންޓީނު ނުވަތަ އައިސޮލޭޝަންގައި ތިބޭ މީހުން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، ކަރަންޓީނު ނުވަތަ އައިސޮލޭޝަންގައި ތިބޭ މީހުން މަރުކަޒަށް ގެނައުމަކީވެސް ކުރެވޭނެ ކަމެއް ނޫންކަމަށާއި ކަރަންޓީން، އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވަކި ލިސްޓެއް ހެދުމަކީވެސް ކުރެވޭނެކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކަަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ މީހުން ވޯޓުލާން ދިޔުމަށް ވަކި ޚާއްސަ ވެހިކަލެއް ހަމަޖެއްސުމަށް އިދިކޮޅުން ހުށައެޅި ހުށައެޅުމަށް އިޝާރާތް ކުރައްވާ ހަބީބް ވިދާޅުވީ އެއީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން، ކަރަންޓީނުގައި ހުންނަ މީހާއަށް ކާން ދިނުމަށްވެސް މީހަކަށް ކައިރި ނުވެވޭ ކަމަށާއި އެފަދަ ހާލަތެއްގައި ހުންނަ މީހަކު، ވޯޓުލާން ގެނައުމަށް އިލެކްޝަންސްގެ މުވައްޒަފުންނާއި އޮފިޝަލުން ނުރައްކަލަށް ހުށައެޅުމަކީ ކުރާނެކަމެއް ނޫންކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ވޯޓުލިތޯ ނުވަތަ ނޫންތޯ ބެލުމަށް އީސީއިން އެއްވެސް މީހެއް ފަހަތުން ނުދާނެ ކަމަށާއި އެކަމަށް ވެހިކަލެއް ބޭއްވުމުންވެސް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ.

ހަބީބް އިތުރަށއް ވިދާޅުވީ، ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ އެމީހަކަށް ވޯޓުލާ މަރުކަޒަށް ނުވަދެވޭނެ ކަމަށާއި އެމީހަކު ވަގުތުން ފްލޫ ކްލިނިކަށް ފޮނުވާލާނެ ކަމަށެވެ. އެހެންކަމުން، ބައްޔަށް ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނުގައި ހުރި މީހަކު އަމުދުން ވޯޓުލާ މަރުކަޒަށް ނުވައްދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާކު ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލުމަށް ވަކި ފޮށްޓެއް ނުބެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ. އެއީ ކޮންމެ ވޯޓު ލާ ފޮށްޓަކީ ވަކި ވޯޓުލާ މީހުންގެ ލިސްޓެއް ތައްޔާރުކުރަން ޖެހޭނެ ކަމެއް ކަމަށާއި އެހެންނަމަވެސް، ކަރަންޓީނުގައި ތިބޭ މީހުންގެ ލިސްޓަކީ މަސްދުވަސް ނުވަތަ ދެމަސް ކުރިން އެކުލަވާލާނެ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެލިސްޓަކީ އަބަދުވެސް ބަދަލުވޭވޭ ހުންނާނެ އެއްޗެއްކަމަށްވެސް ވިދާޅުވިއެވެ.

“ގައިޑްލައިންތައް ހުރިގޮތުން ހީވަނީ މިއުޅެނީ ކޮމިޝަންގެ ނުވަތަ ކޮމިޝަންގައި ތިއްބެވި ހަތަރު މެމްބަރުންގެ ކަމެއް ނުވެގެންހެން” ހަބީބް

މީގެ އިތުރަށް އިލެކްޝަންސްގެ އޮފިޝަލުން ރަށްތަކަށް ފޮނުވުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ދައުލަތަށް ކުރެވޭނެ ހަރަދެއް ނޫން ކަމަށެވެ. ކޮންމެ މީހެއްގެ ކަރަންޓީނަށާއި ކެއިން ބުއިމުގެ ހަރަދަށް މީހަކަށް 10،000އެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު މިއީ މިހާލަތުގައި ދައުލަތަށް ކުރެވޭނެ ހަރަދެއް ނޫން ކަމަށް ވިދާޅުވިއެވެ. އޮފިޝަލުންނަށް ޓްރެއިނިން ދިނުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ބާރު އަޅާފައިވާ ނުކުތާއަށް އިޝާރާތްކުރައްވައި ހަބީބް ވިދާޅުވީ ރާއްޖޭގެ އިންޓަނެޓް ސްޕީޑްގެ ހާލަތު ދަރިވަރުން އޮންލައިންކޮށް ކިޔެވި ދުވަސްވަރު ފެނިގެން ދިޔަ ކަމަށެވެ. އެއީ އަދި މާލެ ސިޓީގައި އިންޓަނެޓް ސްޕީޑް ހުރި ހާލަތު ކަމަށާއި އަދި އަތޮޅުތެރޭގައި އިންޓަނެޓް ސްޕީޑްއެއަށް ވުރެ ދަށްވާނެ ކަމަށެވެ.

އެހެންކަމުން، އޮންލައިންކޮށް ޓްރެއިނިން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަންކުރުން ވާނީ ބޭކާރު ކަމަކަށް ކަމަށެވެ. އަދި އެކަމަށް ދޭންޖެހޭ ފުރިހަމަ ޝައުގުވެރިކަން ޓްރެއިނިންގައި ބައިވެރިވާ މީހުންނަށްވެސް ނުދެވޭނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ސަރުކާރުގެ ވެރިންނަށާއި ކުންފުނިތަކުގެ އިސްވެރިންނަށް ރަށްތަކަށް ދެވޭއިރު ނުވަތަ ހަފްލާތައް ބާއްވަން އެއްފަހަރާ އެތައް މީހުންނަށް ބައިވެރިވެވޭއިރު، ލާމަރުކަޒު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޓްރެއިނިން ބޭއްވުމަށް މީހުންނަށް އެއްފަހަރާ އެއްތަނަކަށް ހާޒިރުނުވެވެނީ ކީއްވެތީ ސުވާލު އުފެއްދެވިއެވެ. ހަބީބް ވިދާޅުވީ، ތިން ފޫޓޫ ތިން ފޫޓު ދުރުމިނުގައި ގޮނޑި ބަހައްޓައިގެން ތަމްރީންރައް ކުރިއަށް ގެންދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

“ގައުމު ލާމަރުކަޒުކުރުމަށްވުރެ ބޮޑު ޕްރޮޖެކްޓެއް މިވަގުތު ސަރުކާރަށް ކޮބައިތޯ؟” ހަބީބް

މިހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހު އިލެކްޝަންސްއިން އެންމެ ފަހުން ބުނީ ޕެންޑަމިކެއްގެ ތެރޭގައި އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް، މަޖިލީހުން ވަނީ ޕެންޑަމިކްގެ ތެރޭގައިވެސް އިންތިޚާބު ބޭއްވޭނެ ގޮތަށް، ހުސްވި އަހަރު މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި މިހާރު އިންތިޚާބު ބޭއްވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެކަމުގައިވާނަމަ، 30 ދުވަސް ކުރިޔަށް ސަބަބާއެކު އިންތިޚާބު ނުބޭއްވޭނެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގަންވާނެކަމަށް ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: