ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިލިލަންކަންފުށި ކައިރީގައި އޮންނަ ފިނޮޅަށް ގެއްލުންދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނަން: ސިރާޖު

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ގިލިލަންކަންފުށި ކައިރީގައި އޮންނަ ފިނޮޅަށް ގެއްލުންދިން މައްސަލަ ކަމާބެހޭ ފަރާތްތައް ހުށަހަޅާނެ ކަމަަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ފިނޮޅަށް ގެއްލުންދިނީ ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުން ތަކެއް ކަމަށާއި، އެމީހުން އެކަން ކުރީ އެ ވެލިގަނޑަށް ބައެއް ރަށްރަށު މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން ދާ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިލާން ޖެހޭތީ ކަމަށް ރަށު މީހުން ބުނެއެވެ.

މިކަމާ ގުޅިގެން ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ގަސްތުގައި ގެއްލުން ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

‏”މިހާދިސާގެ މައްސަލަ ރަސްމީކޮށް ދައުލަތުގެ އިދާރާތަކުން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި އަޅުގަނޑު ހުށަހަޅާނަން.” ސިރާޖު ވިދާޅުވިއެވެ.

ފިނޮޅު ފަދަ ތަންތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އޭޖެންސ (އީޕީއޭ)އިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: