ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުން މިންޖުކޮށް 2023ގައި ޔާމީން ވެރިކަމަށް ގެންނާނަން: ޣައްސާން

ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު ޣައްސާން މައުމޫން. ފޮޓޯ: ދަޕްރެޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިންޖުކޮށް ރާއްޖޭގެ ވެރިކަމަށް އަލުން ގެންނަވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގޮތުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން އަށް ދެވޭ ނުހައްގު އަނިޔާ އަކުން، އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރު އަދި އަޒުމެއް ވެސް ގުޑުވާ ނުލެވޭނެ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ޖަލުން މިންޖުކޮށް އެމަނިކުފާނު 2023 ގައި އިންތިހާބުކޮށް، ވެރިކަމަށް ގެންނާނަން” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވިއިރު، ހައިކޯޓުން ޔާމީންގެ ހުކުމް ދެމެހެއްޓުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: