ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ސީދާ ހަރަކާތަަށް ނުކުންނަނީ

ހައި ކޯޓުގެ ހުކުމް އިއްވި މަޖިލިސް ކުރިއަށްދިޔަ ވަގުތު އިދިކޮޅު ސަޕޯޓަރުންގެ ބޭއްވި އެއްވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ދަމަހައްޓަން ހައި ކޯޓުން ނިންމުމާއި ގުޅިގެން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުންނަން ގަރާރެއް ފާސްކޮށްފިއެވެ.

މިއަދު ކުއްލި ގޮތަކަށް ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ގަރާރު އިއްވައިދެއްވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ގައިރު ގާނޫނީ ހުކުމެއްކަމަށާއި، އެއީ ސަރުކާރުގެ ނުފޫޒާއެކު ސިޔާސީ މަގުސަދެއްް ހާސިލުކުރުމުގެ ބޭނުމުގައި އިއްވި ހުކުމެއްކަމަށެވެ. އެހެންކަމުން އެ ހުކުމަކީ އިދިކޮޅު ކޯލިޝަނުންް ބަލައިގަންނަ ހުކުމެއް ނޫންކަމަށް ވާތީ ރައީސް ޔާމީން މިނިވަންކުރަން ސީދާ ހަރަކާތަށް ނުކުންނަން ނިންމާކަމަށެވެ.

އިދިކޮޅުގެ ގަރާރު ބިނާކުރެވިފައިވަނީ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސެން ޝަހީދުގެ ރައުޔަށެވެ. ފަނޑިޔާރު ޝަހީދު ރައުޔު ނެރުއްވީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކުރުމަށެވެ. އެގޮތުން ގަރާރުގައި ބުނެފައިވަނީ މިއީ ގާނޫނީ ހަމަތަކާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޙިލާފަށް ކްރިމިނަލް ކޯޓަށް ވައްދާފައިވާ ބާތިލް ދައުވާއެއްކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ރައުޔު ނެރުއްވި ދެ ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު، ހާއްސަކޮށް ޖޭއެސްސީގެ ނުފޫޒު ފޯރާފައިވާކަމަށް އިދިކޮޅުގެ ގަރާރުގައި ތުހުމަތުކުރިއެވެ. އެގޮތުން އިސްތިއުނާފުކުރި ފަރާތުން ހުށައެޅި އެއްވެސް ނުކުތާއަކަށް އެ ފަނޑިޔާރުން ރިއާޔަތްކޮށްފައި ނުވަނީ ނުފޫޒު ފޯރާފައިވާތީ ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި އެ ދެ ފަނޑިޔާރުން ހުކުމްކުރީ އިސްލާމީ ޝަރީއަތާއި، ބައިނަލްއަގްވާމި މުއާހަދާތަކާއި ހިލާފަށް ކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ގަރާރު ފާސްކޮށް ސީދާ ހަރަކާތަށް ނިކުންނަން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ފާސްކުރިނަމަވެސް، ހިންގާނެ ހަރަކާތްތަކެއް އެ ކައުންސިލް ބައްދަލުވުމުގައެއް ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް، ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދެއްކި މެމްބަރުންގެ ވިސްނުން ހުރީ މަގުމަތީގައި މުޒާހަރާއަށް ނުކުމެ، ސަރުކާރަށް އިތުރަށް ޕްރެޝަރ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: