ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޕީއޭއަށް ފުރިހަމަ ބާރު ދިނުމުގެ ވައުދު ފުއްދަން މަދަނީ ޖަމިއްޔާތަކުން ގޮަވާލައިފި

ޕްލާސްޓިކް ކުނިތަކެއް ޖަމާވެފައި. މޫދަށް ކުނި އެޅުމަކީ އެންމެ އާންމުކޮށް ކުރާ ތިމާވެއްޓަށް ގެއްލުންދޭ ކުށް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފުރިހަމަ ބާރު ދިނުމަށް ސަރުކާރުން ވީ ވައުދު ފުއްދުމަށް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގުޅިފައިވާ މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގަމުންދާ ކުށްތަކާއި ދެކޮޅަށް މަދަނީ ޖަމިއްޔާތަކުން ނެރުނު ބަޔާނެއްގައި، މިފަދަ ކުށްތަށް ހުއްޓުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތައް ނުކުޅެދިފައިވާތީ ކަންބޮޑުވުން ފާޅުކުރިއެވެ. ހާއްސަކޮށް، މިފަދަ ކުށްތަށް ހުއްޓުވުމުގެ ޒިންމާ މަތިކުރެވިފައިވާ އީޕީއޭގެ ބާރުތައް ކަނޑުވާލާފައިވާ މައްސަލަ ބަޔާނުގައި ފާހަގަކުރިއެވެ. އަދި މިފަދަ އަމަލުތައް ކުށްވެރިކޮށް، ތިމާވެއްޓަށް ގެއްލުންވާ އަމަލުތައް ހިންގާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަމުން ނުދާ މައްސަލަވެސް ފާހަގަކުރިއެވެ.

މި ބަޔާނުގައި، މަދަނީ ޖަމިއްޔާތަކުން ވަނީ މިފަހުން ހިންމަފުށި ކައިރީގައި އޮތް ފިނޮޅެއް ކެނޑި ހާދިސާ ފާހަގަކޮށް، ވިޔަފާރިތަކުން ހިންގާ މިފަދަ ކުށްތަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ބަޔާނުގައި އެ ފާހަގަކުރި ހާދިސާއާ ގުޅިގެން ފެންމަތިވެފައިވާ ވީޑިއޯގައި، ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުންތަކެއް ބައިވެރިވާ މަންޒަރު ފެނެއެވެ. އެ ޖަމިއްޔާތަކުން ވަނީ މި އަމަލުގައި ބައިވެރިވީ ފަރާތްތަކާ ދެކޮޅަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މަދަނީ ޖަމިއްޔާތަކުން ބުނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި، ފިނޮޅުތަކާއި، ފަޅުތައް ނުއަގުގައި ވިއްކާލުމުގެ ސަބަބުން، ދިވެހި ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ މަންފާ ލިބުމުގައި ދުވަހުންދުވަހަށް ދަތިވަމުން އަންނަކަމަށެވެ. އަދި މިހާރު ހުރި މަދު ތަންތަން ރައްކާތެރިކޮށް، އެ ވަސީލަތްތައް ދިވެހި ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޖަމިއްޔާތަކުން ގޮވާލިއެވެ.

މިފަހުން މަޖިލިހުގެ ކޮމިޓީއެއްގައި ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލައިގައި، ރިސޯޓް ވިޔަފާރިވެރިން ތަމްސީލުކުރާ މަޓީ ޖަމިއްޔާއިން ދެއްކި ވާހަކައަކާއި ގުޅިގެން މަދަނީ ޖަމިއްޔާތަކުން ވަނީ، ފަތުރުވެރިކަމުގެ ގަވާއިދުގައި ބުނާގޮތަށް ވިޔަފާރިތަކުން އަމަލުނުކުރާ މައްސަލަ ފާހަގަކޮށްފައެވެ. އަދި ބުނީ، ބައިނަލްއަގްވާމި މުއާހަދާތަކާއި، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ވިޔަފާރިވެރިން ދައްކާ ވާހަކަތައް ބަލައިގަނެގެން ނުވާނެކަމަށެވެ.

މަދަނީ ޖަމިއްޔާތަކުން ބުނި ގޮތުގައި، ވިޔަފާރިތަކުގެ މިފަދަ މައްސަލަތައް ނުބެލެނީ އީޕީއޭގެ މެންޑޭޓުގެ ތެރެއިން ފަތުރުވެރިކަމާއި ގުޅޭ ކަންކަން އުނިކުރުމުންނެވެ. އެ ޖަމިއްޔާތަކުން ދެކޭ ގޮތުގައި އީޕީއޭގެ ބާރުތައް ހަނިކުރުމަކީ، ތިމާވެއްޓާ ދެކޮޅު ކުށްތަކަށް މަގު ފަހިކުރުމަށް ކުރެވިފައިވާ ހުރި ކަންކަމެވެ.

ރާއްޖޭގެ ތިމާވެށިން އެންމެ ބޮޑު މަންފާ ހޯދަމުންދާ ބޮޑެތި ވިޔަފާރިވެރިން ތަމްސީލުކުރާ ފަރާތަކުން މިފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި ދައުލަތުންވެސް އަދި ރައްޔިތުންވެސް ބަލައިގަނެގެން ވާނެ ކަމެއް ނޫނެވެ – މަދަނީ ޖަމިއްޔާތަކުގެ ގުޅިފައިވާ ބަޔާން

ތިމާވެށި ރައްކާތެރިކުރުމަށާއި، ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ގަނޫނު ތަންދޭއިރުވެސް ފިޔަވަޅު ނާޅާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މަދަނީ ޖަމިއްޔާތަކުން ވަނީ މިހާރަށް ވުރެން ގާނޫނީ ނިޒާމު ވަރުގަދަކުރުމަށް ރައްޔިތުންގެ މަޖިލިހަށް ގޮވާލާފައެވެ. އެގޮތުން ފާސްކުރުމުގެ މަގުމަތީގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލާއި، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް އިތުރު ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް ގޮވާލިއެވެ.

ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ކުށްތަކާއި ޖަރީމާތަކާއި ދެކޮޅަށް މަސައްކަތްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް އަދި ދި މޯލްޑިވްސް ރެޒިލިއެންޓް ރީފްސް ޕްރޮޖެކްޓް ހިމެނޭ ގޮތަށް 11 ޖަމިއްޔާއަކުން ވަނީ ގުޅިފައެވެ. މި ގުޅުމުގައި އިތުރަށް ހިމެނޭ ޖަމިއްޔާތަކަކީ ޒީރޯ ވޭސްޓް މޯލްޑިވްސް، އިކޯ ކެއަރ، ސޭވް އަވަރ ވޭވްސް މޯލްޑިވްސްގެ އިތުރުން ބީލީފް، ހުވަދޫ އެއިޑް، ސޭވް ހުވަދޫ އަދި ނަލަފެހި މީދޫ އާއި ލޭންޑް ސީ މޯލްޑިވްސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: