ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަންފަށައިފި

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަނީ އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ މައްސަލައެކެވެ.

މީގެ ތެރެއިން 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެވެ. މި މައްސަލާގައި ތަހުގީގް ކުރަމުންދަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުއްރައޫފު އިބްރާހީމްއާއި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި އަލްއުސްތާޛް ޢަލީ ސަމީރުގެ މައްސަލައެވެ.

މިމައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުން ކަމަށް ޖޭއެސްސީން ބުނެއެވެ.

ފަރުހީޒާގެ މައްސަލަ ބަލަނީ އޭނާ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީއަކަށް ހުންނެވި އިރު، ޝަރީއަތުގެ މަޖިލީހެއް ނިންމަވާލެއްވިކަން އިއުލާނުކުރެއްވުމަށް ފަހު، މައްސަލާގައި ހިމެނޭ މީހަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މީގެ އިތުރުން ދ. މީދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤުގެ މައްސަލައެއްވެސް ޖޭއެސްސީންދަނީ ބަލަމުންނެވެ. އެއީ ދ.މީދޫ ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ދިގު މުއްދަތެއްވެފައިވާ މައްސަލައެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: