ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ކޯލިޝަން ދަމަހައްޓަން، އަދާލަތުގެ ރައީސަކަށް އިމްރާން ގެންނަން ޖެހޭ: އަލީ ޒާހިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ދަމަހައްޓާ، ކޯލިޝަނާއިގެން ކުރިޔަށް ގެންދިއުމުގައި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ކޮންމެހެން ވެސް އަދާލަތު ޕާޓީގެ ރައީސަކަށް އިންތިހާބު ކުރަންޖެހޭ ކަމަށް ޕާޓީގެ ނައިބް ރައީސެއްގެ ގޮތުގައި މިވަގުތު ހުންނެވި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިތުރު ދައުރަކަށް އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ، އިމްރާން އަބްދުﷲ ގެ ކެމްޕެއިން ރަސްމީކޮށް މިރޭ ވަނީ ލޯންޗުކޮށްފަ އެވެ.

އިމްރާނަށް ތާއީދުކުރައްވާ، ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް ވުމުގެ ފުރުސަތު އަދާލަތަށް ލިބެން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމް ދީނާއި، މި ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމުގައި ބޭނުންވަނީ އިމްރާން ފަދަ ވަތަނީ ލީޑަރެއްކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، އިމްރާނަކީ އިސްލާމް ދީނާއި، ގައުމުގެ ހައްގުގައި ކޮންމެ ހަރުފަތަކަށް ވެސް ދާން ތައްޔާރަށް ހުންނަވާނެ ބޭފުޅެއް ކަމަށެވެ.

އިމްރާނަކީ މި ކޯލިޝަނާއި އަދި ސަރުކާރުގެ މުހިންމު އަދި އިސް މަގާމެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާއި، ސަރުކާރާއި ކޯލިޝަން ދެމެހެއްޓުމަށް އިމްރާން ކޮންމެހެން ވެސް އިންތިހާބު ކުރަންޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އެހެން ކަމުން، އަދާލަތު ޕާޓީ އުފެދުމުގެ މަގްސަދާއި، އެ މޮޓޯ ހާސިލު ކުރުމަށް އިމްރާން ނޫން އިތުރު ބޭފުޅެއް ނެތްކަމަށް އަލީ ޒާހިރުގެ ވާހަކައިގައި ވިދާޅުވެފައި ވެއެވެ.

އަހަރުތަކަށް ފަހު، އަދާލަތުން ޕާޓީގެ ރައީސާއި، ނައިބު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހަ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގައި ވޯޓު ލެވޭނީ، އެ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ. 2005 ވަނަ އަހަރުގެ ތެރޭގައި ވުޖޫދުވެގެން އައި، އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދަކީ 6،640 އެވެ.

https://www.facebook.com/SanguTelevision/videos/435192774298557

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: