ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތަށް ގެއްލުންދީ، ވުޖޫދުން ފޮހެލަން ބަޔަކު އެބަ މަސައްކަތް ކުރޭ: އިމްރާން

އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާޅުގައި ނިކުމެތިބެ، އަދާލަތު ޕާޓީއަށް ގެއްލުންދީ ވުޖޫދުން ފޮހެލުމުގެ މަސައްކަތް ބަޔަކު ކުރަމުން ގެންދާކަމަށް ޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕާޓީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ، ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ، އުފެއްދީ ވަރަށް ވަރުގަދަ އަސާސުތަކާއި، ބިންގަލެއްގެ މައްޗަށް ކަމަށެވެ.

އިމްރާން ވިދާޅުވީ، މީގެ 15 އަހަރު ކުރިން އަދާލަތު އުފެދިގެން އައީ ސިޔާސީ ގޮތުން ހަލަބޮލި ނާޒުކު ދުވަސްތަކެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އޭރާއި މިހާރު ވެސް ޕާޓީއަށް ދިމާވާ ގޮންޖެހުމަކީ، އެ ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރިޔަށް ގެންދަން އަދާލަތުގެ ސަބަބުން ހުރަސް އެޅޭތީ، ކުރިމަތި ކުރުވާ ފިއްތުންތައް ކަމަށެވެ.

އަދާލަތު ޕާޓީ ބަލިކަށި ކުރުމުގެ ބޭނުމުގައި ބަޔަކު އަނެއްކާވެސް މަސައްކަތް ފަށާފައިވާކަމަށާއި، ޕާޓީގެ ރައީސަކަށް އިތުރު ދައުރަކަށް ނިކުންނަން ޖެހުނު ސަބަބަކީ އެއީ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެހެން ބަޔަކު ފާޅުގައި ނިކުމެ، އަދާލަތު ވުޖޫދުން ފޮހެލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

“…އާދެ ހަގީގަތުގައި ވެސް، މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތްނަމަ، ކޮންމެހެން އަޅުގަނޑު މިވަގުތު މި ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. އެހެން ނަމަވެސް މި ޕަޓީ ބަލިކަށިކޮށް ނިކަމެތިކޮށް، ޕާޓީ ވުޖޫދުން ފޮހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތް ކުރަމުން ބާރަށް ނިކުންނާތީވެ، އޭގެ ކުރިމަތީ ސާބިތުކަމާއި އެކު ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިކުމެ މިހިރީ” އިމްރާން

ގައުމަށްޓަކާ މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، މެމްބަރުންގެ ކިބައިން އެދެނީ ޕާޓީއާއި އެކު ސާބިތުކަން މަތީ ކުރިޔަށް ދިއުމަށް ކަމަށެވެ.

ވޭތުވެދިޔަ އެކި އަހަރުތަކުގެ ތެރޭގައި، އަދާލަތަށް ތަފާތު އެކި ދަނޑިވަޅުތަކެއް އައިރު އޭގެ ތެރޭގައި ފަސޭހަ އަދި އުނދަގޫ ވަގުތުތައް ވެސް ހިމެނޭކަން އިމްރާން ފާހަގަކުރެއްވި އެވެ.

އިމްރާން ވިދާޅުވީ، އަދާލަތީ ކިތަންމެ ދުވަހަކަށް ދެމިގެން ދިޔަސް އިސްލާމް ދީން ހިމާޔަތް ކުރާނެ ޕާޓީއެއް ކަމަށެވެ. އަދި އިލްމުވެރިން ދައްކަވާ ވާހަކަތާއި އަދި، އިސްލާމް ދީނުގެ އަސްލު އުސޫލު އަބަދުވެސް ދަމައްޓާނެ ކަމަށެވެ. ޕާޓީގެ ސިޔާސީ މަސައްކަތްތައް ދާނީ، އިސްލާމް ދީނުގެ އުސޫލާއި އެއްގޮތަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: